މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޑްރޯބޯ އަދި އިންޓާރނަލް ހާޑް ހޯދުމާބެހޭ

އިޢުލާން

މި މިނިސްޓްރީގެ ބޭނުމަށް 08 ބޭގް ޑްރޯބޯ އެއް 08 ޓީ.ބީ. ގެ 08 އިންޓާނަލް ހާޑާއެކު ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖޫން 15 ވަނަ ދުވަހުގެ މެންދުރު 13:00 އަށް މި މިނިސްޓްރީ އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖޫން 20 ވަނަ ދުވަހުގެ މެންދުރު 13:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަގު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

މި އިޢުލާނާބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4345-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

07 ރަމަޟާން 1437

12 ޖޫން 2016
ހޯދާ