މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ހއ.ތަކަންދޫ ސްޕޯޓްސް އެރީނާ، ހއ.މާރަންދޫ ސްޕޯޓްސް އެރީނާ، ހއ.ފިއްލަދޫ ސްޕޯޓްސް އެރީނާ، ހދ.ވައިކަރަދޫ ސްޕޯޓްސް އެރީނާ، ހދ.ނޮޅިވަރަންފަރު ސްޕޯޓްސް އެރީނާ، ހދ. ނޭކުރެންދޫ ސްޕޯޓްސް އެރީނާ، ހދ. ނެއްލައިދޫ ސްޕޯޓްސް އެރީނާ، ހދ. މަކުނުދޫ ސްޕޯޓްސް އެރީނާ، ހދ. ކުމުންދޫ ސްޕޯޓްސް އެރީނާ، ހދ. ކުޅުދުއްފުށި ސްޕޯޓްސް އެރީނާ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1. މިނިސްޓްރީ އޮފް ޔޫތު އެންޑް އެންޑް ސްޕޯޓްސްގެ ބޭނުމަށް، މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި މިނިސްޓްރީގެ ނަންބަރު (IUL) 13-K1/13/2016/44 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

 

މަސައްކަތް

ޕްރޮޖެކްޓް ނަންބަރު

ބިޑް ސެކިޔުރިޓީ އަދަދު

ހއ.ތަކަންދޫ ސްޕޯޓްސް އެރީނާ ( ފުޓްސަލް ގްރައުންޑް، ވޮލީބޯލް ކޯޓް އަދި ބަށި ކޯޓް)

TES/2016/W-33-R01

20,000/-ރ

ހއ.މާރަންދޫ ސްޕޯޓްސް އެރީނާ (  ފުޓްސަލް ގްރައުންޑް، ވޮލީބޯލް ކޯޓް އަދި ބަށި ކޯޓް)

TES/2016/W-32-R01

20,000/-ރ

ހއ.ފިއްލަދޫ ސްޕޯޓްސް އެރީނާ ( ފުޓްސަލް ގްރައުންޑް، ވޮލީބޯލް ކޯޓް އަދި ބަށި ކޯޓް)

TES/2016/W-31-R01

20,000/-ރ

ހދ.ވައިކަރަދޫ ސްޕޯޓްސް އެރީނާ ( ފުޓްސަލް ގްރައުންޑް، ވޮލީބޯލް ކޯޓް)

TES/2016/W-30-R01

9,000/-ރ

ހދ.ނޮޅިވަރަންފަރު ސްޕޯޓްސް އެރީނާ (  ފުޓްސަލް ގްރައުންޑް)

TES/2016/W-29-R01

20,000/-ރ

ހދ. ނޭކުރެންދޫ ސްޕޯޓްސް އެރީނާ (  ފުޓްސަލް ގްރައުންޑް،ވޮލީބޯލް ކޯޓް އަދި ބަށި ކޯޓް)

TES/2016/W-28-R01

20,000/-ރ

ހދ. ނެއްލައިދޫ ސްޕޯޓްސް އެރީނާ ( ފުޓްސަލް ގްރައުންޑް، ވޮލީބޯލް ކޯޓް އަދި ބަށި ކޯޓް)

TES/2016/W-27-R01

20,000/-ރ

ހދ. މަކުނުދޫ ސްޕޯޓްސް އެރީނާ (ވޮލީބޯލް ކޯޓް އަދި ބަށި ކޯޓް)

TES/2016/W-26-R01

5,000/-ރ

ހދ. ކުމުންދޫ ސްޕޯޓްސް އެރީނާ (  ފުޓްސަލް ގްރައުންޑް، ވޮލީބޯލް ކޯޓް އަދި ބަށި ކޯޓް)

TES/2016/W-25-R01

20,000/-ރ

ހދ. ކުޅުދުއްފުށީ ސްޕޯޓްސް އެރީނާ ( ފުޓްސަލް ގްރައުންޑް)

TES/2016/W-24-R01

17,000/-ރ

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

2. ބީލަން ހުށަހަޅާއިރު ތާވަލުގައި ހިމެނޭ ހުރިހާ މަސައްކަތްތަކަށް އަގު ހުށަހަޅަން ވާނެއެވެ.

 

3.      މި ބީލަންތަކުގައި ބައިވެރި ވެވޭނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓަރީގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ ތެރެއިން ތިރީގައިވާ ގްރޭޑް ތަކުގެ ތެރެއިން ކޮންމެވެސް އެއް ގްރޭޑަކަށް ޝަރުޠުހަމަވާ ފަރާތްތަކަށެވެ.

 GC01-1, GC01-2އަދިGC01-03

4.      މިބީލަމުގައި ބައިވެރިވުމަށް -/1500 (ފަނަރަސަތޭކަ) ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 12 ޖޫން 2016 އިން 28 ޖޫން 2016 އަށް،ބަންދުނޫން ކޮންމެ ދުވަހަކު 10:30 އިން 13:30 އަށް މި މިނިސްޓްރީންނެވެ. ބީލަން ފޮތްތައް ސޮފްޓްކޮޕީ ފޯމެޓްގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

5.      ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީ މަތީގައިވާ ތާވަލުގައިވާ އަދަދަށް ކޮންމެ މަސައްކަތަކަށް ވަކިންހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 148 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

 

6.      މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2016 ޖޫން 21 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

7.      ބީލަން ހުޅުވުން އޮންނާނީ 29ޖޫން 2016 ވާ ބުދަ ދުވަހުގެ 11:00ގައި މި މިނިސްޓްރީގެ ޕަބްލިކް ޕްރޮކިޔުމަންޓް ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ.  ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

8.      އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕަބްލިކް ޕްރޮކިޔުމަންޓް ސެކްޝަން،

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު،  މާލެ، ދިވެހިރާއްޖެ،

ފޯން: 3349102       3349106

ފެކްސް: 3320706       3324432

އީމެއިލް: [email protected]

ކޮޕީ: [email protected]

09 ޖޫން 2016
ހޯދާ