ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މި އޮތޯރިޓީއަށް ތިރީގައި މިވާ މަޤާމުތަކަށް މީހުން ހޯދަން ބޭނުންވެއެވެ.
މަޤާމު: |
ސީނިއަރ އޮފިސަރ (ލެވެލް 1) |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
މީރާ ނައިފަރު ކަލެކްޝަން ސެންޓަރ / ޅ. ނައިފަރު |
އަސާސީ މުސާރަ: |
-/7,000 ރުފިޔާ |
އިތުރު އިނާޔަތްތައް: |
ލިވިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/100 ރުފިޔާގެ ރޭޓުން ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/125 ރުފިޔާގެ ރޭޓުން ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/175 ރުފިޔާގެ ރޭޓުން |
މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު: |
- ޓެކްސް ބަޔާންތައް ބަލައިގަނެ ޕްރޮސެސްކުރުން - އާންމުންނަށާއި ވިޔަފާރިކުރާ ފަރާތްތަކަށް ޓެކުހާބެހޭ މަޢުލޫމާތު ދިނުމުގެ ސެމިނާރތަކާއި ތަމްރީނު ޕްރޮގްރާމުތަކާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ހިންގުމަށް އެހީތެރިވެދިނުން - ޓެކްސް ދައްކަންޖެހޭ ފަރާތްތައް ރަޖިސްޓަރީކުރުން - ޓެކްސް ދައްކަންޖެހޭ އެންމެހައި ފަރާތްތަކުން ޓެކްސް ދައްކަންޖެހޭވަރު ހިސާބުކުރަނީ ޤާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބެލުން - ފީލްޑް އޮޑިޓް އަދި ޑެސްކް އޮޑިޓް ކުރުން |
ޝަރުޠު: - އެކައުންޓިންގ ނުވަތަ ފައިނޭންސްއާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ އޭ.ސީ.ސީ.އޭ އެފްލިއޭޓް ލެވެލް ނުވަތަ ސީ.އައި.އެމް.އޭ ސްޓްރެޓެޖިކް ލެވެލް ނިންމާފައިވުން |
|
މަޤާމު: |
އެސިސްޓަންޓް އޮފިސަރ (ލެވެލް 1) |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
މީރާ ނައިފަރު ކަލެކްޝަން ސެންޓަރ / ޅ. ނައިފަރު |
އަސާސީ މުސާރަ: |
-/4,000 ރުފިޔާ |
އިތުރު އިނާޔަތްތައް: |
ލިވިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/80 ރުފިޔާގެ ރޭޓުން ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/80 ރުފިޔާގެ ރޭޓުން ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/150 ރުފިޔާގެ ރޭޓުން |
މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު: |
- ޓެކްސް ބަޔާންތައް ބަލައިގަނެ ޕްރޮސެސްކުރުން - އާންމުންނަށާއި ވިޔަފާރިކުރާ ފަރާތްތަކަށް ޓެކުހާބެހޭ މަޢުލޫމާތު ދިނުމުގެ ސެމިނާތަކާއި ތަމްރީނު ޕްރޮގްރާމުތަކާ އަދި ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ހިންގުމަށް އެހީތެރިވެދިނުން - ޓެކްސް ދައްކަންޖެހޭ ފަރާތްތައް ރަޖިސްޓަރީކުރުން - ޓެކްސް ދައްކަންޖެހޭ އެންމެހައި ފަރާތްތަކުން ޓެކްސް ދައްކަންޖެހޭވަރު ހިސާބުކުރަނީ ޤާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބެލުން - ފީލްޑް އޮޑިޓް އަދި ޑެސްކް އޮޑިޓް ކުރުން |
ޝަރުޠު: - އޭލެވެލް 2 މާއްދާއިން 'ސީ' ފާސް އަދި އޯލެވެލް 'އިނގިރޭސި' އަދި އެސް.އެސް.ސީ އިމްތިހާނުގެ 'ދިވެހި' މި ދެ މާއްދާއާއެކު 5 މާއްދާއިން 'ސީ' ފާސް ލިބިފައިވުން (މިފާސްތަކަކީ އެކައުންޓިންގ ހިމެނޭގޮތަށް ބިޒްނަސް ސްޓްރީމްގެ މާއްދާތަކުން ލިބިފައިވާ ފާސްތަކެއް ކަމުގައިވުން) |
އެހެނިހެން ޝަރުޠުތައް
-
މި އޮތޯރިޓީގައި އަދާކުރާ ވަޒީފާ ފިޔަވައި އިތުރު އެހެން އެއްވެސް ވަޒީފާއެއް އަދާނުކުރުމާއި އަދި މި އޮތޯރިޓީގައި އަދާކުރާ ވަޒީފާއާ މަސްލަހަތު ފުށުއަރާ ފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
-
ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
-
ސަރުކާރު ޙިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
-
އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއްކުރާ މީހަކު ކަމުގައި ނުވުން.
-
ވަޒީފާއަށް ކުރިމަތިލާ މީހާއާ މި އޮތޯރިޓީގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި ފަރާތެއް ކަމުގައި ނުވުން.
-
ވަޒީފާގައި މަދުވެގެން 2 އަހަރު ދުވަހު ދެމިހުންނާނެކަމަށް އިޤުރާރުވުން.
މި މަޤާމުތަކަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައި މިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.
-
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
-
ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމް ނިންމި ކަމުގެ ލިޔުންތަކުގެ (ސްކޫލް ލީވިންގ ސެޓްފިކެޓް) ކޮޕީ
-
ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
-
ކަރިކިއުލަމް ވިޓާ (ސީވީ)
-
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
-
ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސްމުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު، އެ ފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ (އޮޕްޝަނަލް))
ނޯޓު:
- މަތީގައިވާ މަޤާމުތަކުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ހަމަވާ އަދި ތައުލީމީ ގޮތުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
- މި މަޤާމުތަކަށް މީހުން ހޮވޭނީ ތަޢުލީމީ ފެންވަރަށާއި މަސައްކަތާގުޅޭ ތަޖުރިބާއަށާއި އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާރކްސް ލިބޭ ފަރާތެއްގެ މައްސަލަ ބަލާ ފޯމު ފުރުމަށްފަހު ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި އެއްވެސް ކުށުގެ ރިކޯޑެއް ނުވާނަމައެވެ.
މި މަޤާމުތަކަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 23 ޖޫން 2016 ގެ ކުރިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ފޯމު މި އޮތޯރިޓީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
ޅ.އަތޮޅުގައި ނަމަ: ޅ.އަތޮޅު ކައުންސިލްގެ އިދާރާ – 14:00 ގެ ކުރިން
މާލޭގައި ނަމަ: މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ – 15:00 ގެ ކުރިން
ފޯން: 1415، ފެކްސް: 3316577
އީމެއިލް: [email protected] ވެބްސައިޓް: www.mira.gov.mv
03 ރަމަޟާން 1437