އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
2017 ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އަތޮޅުތަކުގައި ޙަރަކާތްތެރިވާނެ ޓްރެއިނަރުން ހޯދުން

އިޢުލާން

2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އަތޮޅުތަކުގައި ޙަރަކާތްތެރިވާނެ ޓްރެއިނަރުން ހޯދުން

2017 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އަތޮޅުތަކުގެ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާނެ އޮފިޝަލުންނަށް ތަމުރީނު ހިންގުމަށް ކޮންމެ އަތޮޅަކުން މާސްޓަރ ޓްރެއިނަރުންގެ ގޮތުގައި ތަމުރީނުކުރާނެ 3-4 މީހުން ބޭނުންވެއްޖެއެވެ. މިކަމަށް ހޮވާލެވޭ ފަރާތްތަކަށް، 2016 އޮގަސްޓު 30 ން 2016 ސެޕްޓެންބަރު 5 އަށް މާލޭގައި ޓްރެއިނިންގ ސެޝަންތައް ހިންގޭނެއެވެ. އަދި އިންތިޚާބު ބޭއްވުމުގެ 1 ހަފުތާގެ ކުރިން މިޓްރެއިނަރުންނަށް މާލޭގައި ރިފްރެޝަރ ޕްރޮގްރާމެއް ހިންގޭނެއެވެ.

މިކަމަށް ކުރަންޖެހޭ އެންމެހައި ޚަރަދެއް ކުރާނީ މި ކޮމިޝަނުންނެވެ. އަދި، މި ޓްރެއިނިންގ ފުރިހަމަކުރައްވާ ފަރާތްތައް މި ކޮމިޝަނާއެކު އިޤްރާރުކުރެވި، އަތޮޅުގައި ޓްރެއިނިންގ ހިންގާ ކޮންމެ ދުވަހަކަށް -/700 ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖޫން 26 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އެމީހަކު ނިސްބަތްވާ ކައުންސިލުގެ އިދާރާއަށް ނުވަތަ މި ކޮމިޝަނަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. މިގޮތުން މި ކޮމިޝަނަށް ފޮނުވާ އެޕްލިކޭޝަނާއި ލިޔުންތައް ފޮނުވާނީ [email protected] އަށެވެ. ޓްރެއިނަރުން ހޮވުމުގައި ވޭތުވެދިޔަ އިންތިޚާބުތަކުގެ ތަޖުރިބާއާއި ތަޢުލީމީ ފަންނުގެ މީހުންނަށް އިސްކަންދެވޭނެއެވެ.

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކަކީ:

- އިންތިޚާބަށް ތަމުރީނުކުރަންޖެހޭ އެކި ފަރާތްތައް ތަމުރީނުކުރެވޭނެ ފެންވަރު ހުރުން މަސައްކަތާގުޅޭ ދާއިރާއިން ސެޓުފިކެޓު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

- ކިޔަވައިދިނުމާއި، ތަމުރީނުދިނުމުގެ ދާއިރާގައި އުޅެ ތަޖުރިބާ ލިބިފައިވުން.

- ވޭތުވެދިޔަ އިންތިޚާބުތަކުގައި އުޅެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

03 ރަމަޟާން 1437

09 ޖޫން 2016
ހޯދާ