ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ޑިރެކްޓަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ގިންތި: ދާއިމީ  

މަޤާމުގެ ރޭންކް: އީ. އެކްސް. 1

މަޤާމުގެ ކްލެސިފިކޭޝަން: ޑިރެކްޓަރ (ގްރޭޑް 1)

މުސާރަ: މަހަކު -/8835 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ

ވަޒީފާ އޮތް އޮފީސް: ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން 

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެޑްމިން، ބަޖެޓް ފައިނޭންސް މެނޭޖްމަންޓް އަދި ލީގަލް އެފެއާޒް ސެކްޝަން/ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. އެޑްމިނިސްޓްރޭޝަން ސެކްޝަނާއި، ބަޖެޓް، ފައިނޭންޝަލް މެނޭޖްމަންޓް ސެކްޝަނާއި، ލީގަލް އެފެއާޒް ސެކްޝަނުގެ ވެރިންނަށް ލަފައާއި އިރުޝާދުދީގެން، އެ ދެ ސެކްޝަނުން ހިންގާ މަސައްކަތްތައް، ކަނޑައެޅިފައިވާ ގަވާއިދާއި އުސޫލުތަކާ އެއްގޮތަށް ހިނަގަމުންދާކަން ކަށަވަރުކުރުން.
  2. މުވައްޒަފުންނަށް ދޭންޖެހޭ މުސާރައާއި ޢިނާޔަތްތައް ދިނުމާއި، މުވައްޒަފުން ލެއްވުމާއި، މުވައްޒަފުން ވަކިކުރުމާއި، މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ ކަންތައް ބެލެހެއްޓުމާއި، މުވައްޒަފުންގެ ޕާސަނަލް ފައިލްތައް ބެލެހެއްޓުމާއި، އެޕްރައިޒަލް ހެދުމުގެ މަސައްކަތް ބެލެހެއްޓުން.
  3. އޮފީހުގެ ބަޖެޓާ ގުޅޭ މަސައްކަތްތަކާއި، ރީޕޭމަންޓް ކަލެކްޝަނުގެ މަސައްކަތްތަކާއި، ގަވާއިދުން ފައިސާ ނުދައްކާ ފަރާތްތަކާމެދު ޤާނޫނީގޮތުން ފިޔަވަޅު އެޅުމުގެ މަސައްކަތް.
  4. އެޑްމިނިސްޓްރޭޝަން ސެކްޝަނާއި، ބަޖެޓް، ފައިނޭންޝަލް މެނޭޖްމަންޓް ސެކްޝަނާއި، ލީގަލް އެފެއާޒް ސެކްޝަން ހިންގާ ވެރިންގެ ވަޒީފާ ބަޔާންތަކުގައިވާ މަސައްކަތް ވިލަރެސްކޮށް ބެލެހެއްޓުމާއި، އެޑްމިނިސްޓްރޭޝަން ސެކްޝަނާއި، ބަޖެޓް، ފައިނެންޝަލް މެނޭޖްމަންޓް ސެކްޝަނާއި، ލީގަލް އެފެއާޒް ސެކްޝަނުގެ ވެރިންނަށް ބޭނުންވާނެ ޓްރެއިނިންގ ފާހަގަކޮށް އިސްވެރިޔާއަށް މަޢުލޫމާތު ދިނުން.
  5. އެޑްމިނިސްޓްރޭޝަން ސެކްޝަނާއި، ބަޖެޓް، ފައިނޭންޝަލް މެނޭޖްމަންޓް ސެކްޝަނާއި، ލީގަލް އެފެއާޒް ސެކްޝަނުގެ މަސައްކަތް އިތުރަށް ހަރުދަނާކުރަން ކުރެވިދާނެ ކަންތައްތައް ފާހަގަކޮށް، އިތުރަށް ޚިދުމަތްކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުން.
  6.  އެޑްމިނިސްޓްރޭޝަން ސެކްޝަނާއި، ބަޖެޓް، ފައިނޭންޝަލް މެނޭޖްމަންޓް ސެކްޝަނާއި، ލީގަލް އެފެއާޒް ސެކްޝަނުގެ މަސައްކަތާ ބެހޭގޮތުން ނުވަތަ ޑީ.އެޗް.އީ ގެ އެހެން މަސައްކަތްތަކާ ބެހޭގޮތުން ހާޒިރުވާންޖެހޭ ޖަލްސާތަކަށާއި، ވޯރކްޝޮޕްތަކަށާއި، މިފަދަ އެހެން ޕްރޮގްރާމްތަކަށް ހާޒިރުވެ، އެފަދަ ޖަލްސާތަކުން ނިމޭ ކަންތައްތައް، ވެރިންގެ ލަފަޔާއެކު ތަންފީޒުކޮށް ކުރިއަށްގެންދިއުން.
  7. އެޑްމިނިސްޓްރޭޝަން ސެކްޝަނާއި، ބަޖެޓް، ފައިނޭންޝަލް މެނޭޖްމަންޓް ސެކްޝަނާއި، ލީގަލް އެފެއާޒް ސެކްޝަނުގެ އަހަރު ރިޕޯޓުގެ ޑްރާފްޓް އެކުލަވައިލުން.
  8. ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިޔުކޭޝަނުގެ އަހަރު ރިޕޯޓުގެ ޑްރާފްޓް އެކުލަވައިލައި ފައިނަލްކޮށް، އަހަރު ނިމޭއިރަށް ފޮނުވުން.
  9. އެޑްމިނިސްޓްރޭޝަން ސެކްޝަނާއި، ބަޖެޓް، ފައިނޭންޝަލް މެނޭޖްމަންޓް ސެކްޝަނާއި، ލީގަލް އެފެއާޒް ސެކްޝަނުގެ މަސައްކަތްތަކާ ގުޅޭގޮތުން ބޭނުންވާ ފައިސާ ކުރިއަށް އޮތް އަހަރަށް ބަޖެޓްކުރުމަށްޓަކައި އަންދާޒާ ބަޖެޓް ތައްޔާރުކޮށް ފައިނޭންސް ސެކްޝަނަށް ފޮނުވުން.
  10. ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ އަހަރީ ބަޖެޓް އެކުލަވައިލުމާއި، ބަޖެޓާބެހޭ ހުރިހާ ޖަލްސާއެއްގައިވެސް ބައިވެރިވުން.
  11. ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިޔުކޭޝަނުގެ  ޕްރޮކިއުމެންޓުގެ މަސައްކަތް ބެލެހެއްޓުން.

މަޤާމުގެޝަރުޠުތައް:

1. އެކައުންޓިންގ، އެކައުންޓިންގ އެންޑް ފައިނޭންސް ނުވަތަ ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެކައުންޓިންގ، އެކައުންޓިންގ އެންޑް ފައިނޭންސް ނުވަތަ ފައިނޭންސްގެ ދާއިރާއެއްގައި 6 އަހަރުގެ ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. އެކައުންޓިންގ، އެކައުންޓިންގ އެންޑް ފައިނޭންސް ނުވަތަ ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެކައުންޓިންގ، އެކައުންޓިންގ އެންޑް ފައިނޭންސް ނުވަތަ ފައިނޭންސްގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. އެކައުންޓިންގ، އެކައުންޓިންގ އެންޑް ފައިނޭންސް ނުވަތަ ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެކައުންޓިންގ، އެކައުންޓިންގ އެންޑް ފައިނޭންސް ނުވަތަ ފައިނޭންސް ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ރ. މީގެ އިތުރުން، ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލޭނެއެވެ.

އިންޓަވިއު ކުރުން:

- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ، 22 ޖޫން 2016 އާއި 30 ޖޫން 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ޑިޕާޓްމަންޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ރ- ކޯހެއްގެ ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ހެދި ތަނަކުން ކޯސް ނިންމިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެ ކޯހެއް އެކްރެޑިޓްކުރެވޭ ލެވަލް ބަޔާންކޮށްދޭ ލިޔުން.

ބ- މަސައްކަތުގެ ތަޖުރިބާއަށް މާކްސް ދިނުމަށް ހަމަޖެހިފައިވާތީ، އެކަން ދެނެގަތުމަށްޓަކައި، މަސައްކަތްކޮށްފައިވާ ނުވަތަ ކުރަމުންގެންދާ އިދާރާތަކުން ހޯދާފައިވާ ލިޔުން (މިފަދަ ލިޔުންތަކުގައި، ކުރި މަސައްކަތާއި، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާ އަދާކުރަން ފެށި އަދި ވަކިވިނަމަ ވަކިވިދުވަސް/މަސް/އަހަރު އެނގެން އޮންނަންވާނެއެވެ.)

ޅ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ސުންގަޑި:

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން (ހ. ވެލާނާގޭގެ 2 ވަނަ ފަންގިފިލާ) ގެ ކައުންޓަރަށެވެ.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޖޫން 21 ވަނަ ދުވަހުގެ 13.30 އެވެ.

ނޯޓު:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ޑިޕާޓްމަންޓުގެ 3341303 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

4 ރަމަޟާން 1437

09 ޖޫން 2016
ހޯދާ