ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮނޑޭއިން ގޯތި ދޫކުރުން

އިޢުލާން

ކޮނޑޭއިން ގޯތި ދޫކުރުން:

ކޮނޑޭއިން ގޯތި ދޫކުރުމަށް ކުރެވުނު ނަންބަރު (IUL)412/412/2016/43 އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާނުކުރަމެވެ.

ވީމާ، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކުން 2016 ޖޫން 23 ވަނަ ދުވަހުގެ 13:00 ގެ ކުރިން ފޯމު ހުށަހެޅުއްވުން އެދެމެވެ. ގޯއްޗަށް އެދޭ ފޯމު މި އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މުއްދަތު ހަމަވާފަހުން ހުށަހަޅާ ފޯމުތައް ބަލައިނުގަނެވޭނެއެވެ.

ގޯއްޗަށް އެދި ކުރިމަތިލެވޭނެ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠު:

  • ދިވެހިރައްޔިތެއް ކަމުގައިވުން
  • އުމުރުން 21 އަހަރު ފުރިފައިވުން.
  • ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން.
  • އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބިފައިނުވުން. ނުވަތަ ލިބިފައިވާ މިފަދަ ބައެއް ބަންޑާރަގޯތި ދޫކުރުމާބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން ދޫކޮށްލުމަށް އެއްބަސްވުން.
  • އެއްމެދު ޢިމާރާތެއް ނުވަތަ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނުވުން. ނުވަތަ މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްފައި ނުވަތަ ވިއްކާފައިވާތާ 2 އަހަރުދުވަހަށްވުރެ ގިނަ ދުވަސް ވެފައިވުން.
  • ހުށަހަޅާ ފަރާތުގެ އަނބި ނުވަތަ ފިރިމީހާއަށް ގޯއްޗެއް ލިބިފައި ނުވުން.

ގޯއްޗަށް އެދޭ ފަރާތަތްކަށް ޕޮއިންޓުދިނުމަށް ހަމަޖެހިފައިވާގޮތް:

1. ގޯއްޗަށް އެދޭ ފަރާތުގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް 600 އަކަފޫޓުގެ ބިމެއް ނުވަތަ ފުލެޓެއް ނުވަތަ ފުލެޓަކުން ބައެއް ލިބިފައިނުވާނަމަ، 50 ޕޮއިންޓް.

   ހ. ލިބިފައިވާ ގޯއްޗެއް ދޫކުރުމަށް އިޤްރާރުވާނަމަ ބެލެވޭނީ ގޯއްޗެއް ނެތްކަމަށެވެ.

2. މީހަކާ އިނދެގެން ހުރިނަމަ، 15 ޕޮއިންޓް.

3. 18 އަހަރުން ދަށުގެ ކުއްޖަކު ހުރިނަމަ، 04 ޕޮއިންޓް.

   ހ. 18 އަހަރުން ދަށުގެ އެއް ކުއްޖަކަށްވުރެ ގިނަނަމަ އިތުރުވާ ކޮންމެ ކުއްޖަކަށް 03 ޕޮއިންޓް. (މިބަޔަށް އެންމެ ގިނައިން ދެވޭނީ 10 ޕޮއިންޓެވެ.)

4. ކޮނޑޭގައި ދިރިއުޅޭ ފަރާތެއްނަމަ، 07 ޕޮއިންޓް.

   ހ. ކޮނޑޭގައި ދިރިއުޅޭ ފަރާތެއްކަމުގައި ބެލެވޭނީ، ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި މެދުނުކެނޑި ކޮނޑޭގައި ދިރިއުޅެފައިވާނަމައެވެ.

5. ކޮނޑޭ ނޫން އެހެން ރަށެއްގެ ރައްވެއްސެއްނަމަ 18 ޕޮއިންޓް.

ގޯތި ދޫކުރާނެ ފަރާތްތައް ކަނޑައެޅުން:

  • ގޯތި ދޫކުރާނެ ފަރާތްތައް ކަނޑައަޅާނީ ގޯތި ދޫކުރުމަށް މި އިދާރާއިން ކަނޑައަޅާފައިވާ ކޮމިޓީން ފޯމުތައް ދިރާސާކޮށް މާކުސްދިނުމަށްފަހު، އެންމެ މަތިން މާކުސް ލިބޭ 30 ފަރާތަށެވެ. މިގޮތުން ޕޮއިންޓުދިނުމުގައި 30 ވަނައަށް އެއް ފަރާތަށްވުރެ ގިނަ ފަރާތް ހޮވިއްޖެނަމަ 30 ވަނަ ފަރާތް ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.

3 ރަމަޟާން 1437

08 ޖޫން 2016
ހޯދާ