ފުވައްމުލަކު މާލެގަން ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މޮޓޯސައިކަލް ގަންނަން

އިޢުލާން

އަންދާސީހިސާބު ހޯދުން:

އަދަދު

ތަފުސީލު

01

މޮޓޯ ސައިކަލް (ވޭވް 125 i)

ވީމާ، މިކައުންސިލަށް ސައިކަލެއް ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 ޖޫން 2016 ވާ ބުދަދުވަހުގެ 13:00 އަށް މާލެގަން ކައުންސިލް އިދާރާގެ މީޓިންގރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 20 ޖޫން 2016 ވާ ހޯމަ ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށާއި، 13:00 ގެ ފަހުން އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

އަންދާސީހިސާބު ހުށަހަޅުއްވާނީ ސިޓީއުރައިގެ ބޭރުގައި "މާލެގަން ކައުންސިލަށް ސައިކަލެއް ވިއްކުމުގެ އަންދާސީހިސާބު" މިގޮތަށް ޖައްސަވާފައެވެ. އަންދާސީހިސާބުތައް ހުޅުވުން އޮންނާނީ ކުރިން ދެންނެވުނު ގަޑީގައި މާލެގަން ކައުންސިލް އިދާރާގެ މީޓިންގރޫމުގައި ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

03 ރަމަޟާން 1437

08 ޖޫން 2016
ހޯދާ