ށ. ފޭދޫ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީރޫމެއް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ:

މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް ސްކޫލުގެ ގޯތިތެރޭގައި ޑީ.ޕީ.އީގެ މިންގަނޑަށް ސެކިއުރިޓީރޫމެއް ޢިމާރާތްކުރުމަށް ކުރި ނަންބަރު:GS-109/IUL/2016/42 (03 މޭ 2016) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުންކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާނުކުރަމެވެ.

#

ޕްރޮޖެކްޓުގެ ނަން

01

ސެކިއުރިޓީރޫމެއް ޢިމާރާތްކުރުން ( ޑީ.ޕީ.އީގެ މިންގަނޑުތަކަށް )

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، ކަނޑައެޅިފައިވާ ގަޑިއަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް މި ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތުދިނުމުގެ ބައްދަލުވުން

ބިޑް ހުޅުވާ ބައްދަލުވުން

2016 ޖޫން 16 ވާ ބުރާސްފަތި ދުވަހުގެ 11:00

2016 ޖޫން 23 ވާ ބުރާސްފަތި ދުވަހުގެ 11:00

ބިޑްތަކަށް ޕޮއިންޓުދޭނެގޮތުގެ ތަފުސީލު:

އަގަށް: 80 ޕޮއިންޓް

މާލީ ޤާބިލުކަން: 05 ޕޮއިންޓް

ތަޖުރިބާ: 05 ޕޮއިންޓް

މުއްދަތު: 10 ޕޮއިންޓް

ކުންފުނި އިންވެސްޓްމަންޓް އަދި ވިޔަފާރި ފަދަ ތަނަކުން މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވާނަމަ އެބޭފުޅަކު ތަމުސީލުކުރަނީ ކޮން ކުންފުންޏެއް، އިންވެސްޓްމަންޓެއް، ވިޔަފާރިއެއްކަން އެނގޭނެ ސިޓީއެއް ހުށަހަޅަންވާނެއެވެ. މި މަސައްކަތްކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

08 ޖޫން 2016
ހޯދާ