މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އިދާރާގެ، ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމް:

  • މަޤާމުގެ ނަން: އެސިސްޓެންޓް ޑިރެކްޓަރ
  • ބޭނުންވާ އަދަދު: 1 (އެކެއް)
  • މަޤާމުގެ ގިންތި: ދާއިމީ  
  • މަޤާމުގެ ރޭންކް: އެމް. އެސް. 3 (މެނެޖީރިއަލް ސަރވިސް 3)
  • މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ
  • ވަޒީފާ އަދާކުރަންޖެހޭ ތަން: މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ
  • ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން: އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ސެކްޝަން

މަޤާމުގެ މުސާރައާއި ޢިނާޔަތްތައް:

  • މުސާރަ: މަހަކު -/7035 ރުފިޔާ
  • ސަރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ

މަޤާމުގެ ޝަރުޠުތައް:       

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. 

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާތައް:

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމަންޓް
  • ބިޒްނަސް މެނޭޖްމަންޓް
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން
  • ޕްރޮޖެކްޓް މެނޭޖްމަންޓް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. މަޤާމުގެ މަސައްކަތާ ގުޅިގެން، އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމާއި، ކައުންސިލްގެ ޒިންމާދާރުވެރިޔާއަށް ޖަވާބުދާރީވުން.
  2. ސެކްޝަނަށް ލިބޭ ސިޓީ، މެސެޖް ފަދަ ލިޔުންތަކަށް ޖަވާބުދާރީވުމާއި، ސެކްޝަނުގެ މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒުކޮށް ބެލެހެއްޓުން.
  3. ކައުންސިލުން ހަދާ އެކިއެކި ގަވާއިދުތަކާއި އުސޫލުތައް ހެދުމާއި، އެކަމާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ހިންގައި ބެލެހެއްޓުން.
  4. ރަށުގެ މުނިސިޕަލް މަސައްކަތްތައް ރާވައި ހިންގުން.
  5. އެކިއެކި މަސައްކަތުގެ ޕްރޮޖެކްޓްތައް ރާވައި ހިންގުން.
  6.  ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކާއި، މިސްކިތްތަކާއި، ޕާކުފަދަ ތަންތަން މަރާމާތުކުރުމާއި، ބެލެހެއްޓުން.
  7. ރަށުގެ އިޖުތިމާޢީ ކަންތައްތަކާއި، އެކިއެކި އާންމު ޚިދުމަތްތައް ރައްޔިތުންނަން ފޯރުކޮށްދިނުމަށް ކުރަންޖެހޭ އިންތިޒާމްތަކާއި މަސައްކަތް ރާވައި ހިންގުން.
  8. ރަށުގެ ތަރައްޤީގެ ޕްލޭން ތައްޔާރުކުރުމާއި، ޕްލޭނުގައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން.
  9. ރަށުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވައިލުމުގެ މަސައްކަތްކުރުމާއި، އެ ޕްލޭނާ އެއްގޮތަށް ރަށުގެ ބިންތައް ބޭނުންކުރުމާބެހޭ އެންމެހައި ކަންތައްތައް ހިންގުމާއި ރަށާބެހޭ ތަފާސްހިސާބުތައް ހޯދައި ބެލެހެއްޓުން.
  10. އިޤްތިޞާދީގޮތުންނާއި އިޖުތިމާޢީގޮތުން ރަށުގައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރިއެރުވުމަށް މަސައްކަތް ކުރުމާއި، ކޮމިޓީތަކާއި، ކްލަބް ޖަމްޢިއްޔާތައް ކުރިއެރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  11. ނީލަންކިޔަންޖެހޭ ތަކެތި ނީލަން ކިއުމާއި، ލަނގުވާ ތަކެއްޗާ ގުޅޭ ކަންކަން ކުރުން.
  12. މަޤާމުގެ މަސައްކަތާ ގުޅޭގޮތުން އާންމުންގެ ފަރާތުން ހުށަހެޅޭ ޝަކުވާތަކަށް ޖަވާބުދާރީވުން.
  13. ސެކްޝަނުގެ ވެރިއެއްގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.
  14. ކައުންސިލް އިދާރާއިން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައްކުރުން.

ވަޒީފާއަށް އެންމެ ޤާބިލްމީހަކު ހޮވުމަށް ބެލެވޭނެ ކަންކަން:

1- ލިބިފައިވާ ތަޢުލީމާއި ތަމްރީނު: %50

2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ: % 12

3- ލިބިފައިވާ ހުނަރު (އިންޓަވިއު، ޕްރެކްޓިކަލްސް): %38

އިންޓަވިއުއާއި ޕްރެކްޓިކަލްސް ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚު:

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެޓިކަލްސް އޮންނާނެ ތަނާއި ތާރީޚާއި ގަޑި، މި އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 6  ދުވަހުގެ ތެރޭގައި، ޝަރުޠު ހަމަވާ ފަރާތްތަކަށް ލިޔުމުން އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް، 2016 ޖޫން 15 ވާ ބުދަ ދުވަހުގެ 14.00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުން އެދެމެވެ.

އުޖޫރައާއި ޢިނާޔަތްތައް:

  1. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެމަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ކަނޑައެޅިފައިވާ އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ (އެކްރިޑެޓްކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ، ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  3. ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމުގެ ބޮންޑެއްގައިހުރި މުވައްޒަފަކު މި އިދާރާގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންގެންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރަމުންދާ އޮފީހުގެ ލިޔުން.
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފުކޮޕީ.
  5. ވަޒީފާއަށް ކުރިމަތިލާފަރާތުގު ވަނަވަރު/ ސީވީ (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު)

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި އިދާރާއަށް ހާޒިރުވުމުން ނުވަތަ މި އިދާރާގެ 6600004 ނަންބަރު ފޯނާ ގުޅުމުން މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ.

29 ޝަޢުބާން 1437

05 ޖޫން 2016
ހޯދާ