ދިވެހިރާއްޖެ
އިޢުލާން ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި، ސެނިޓޭޝަން އެންޑް ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު އިންޖިނިއަރ (ފެނާއި ނަރުދަމާ ކޮމްޕޯނަންޓް) ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) އިން އޮޕެކް ފަންޑް ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ގެ ލޯނު އެހީގެދަށުން ކުރިއަށްގެންދާ ''ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި، ސެނިޓޭޝަން އެންޑް ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް'' މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ފަންނީ ލަފާދިނުމަށާއި ޕްރޮޖެކްޓް ރާވައި ހިންގުމަށްޓަކައި އިންޖިނިއަރެއް ޢައްޔަންކުރަށް ބޭނުންވެއެވެ. އިންޖިނިއަރގެ މަސްއޫލިއްޔަތު: އިންޖިނިއަރގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީން ކުރިއަށްގެންދާ، ފެނާއި ނަރުދަމާގެ މަޝްރޫޢުތަކަށް ބޭނުންވާ ފަންނީ ލަފާ ދިނުމާއި، ޕްރޮޖެކްޓް ރާވައި ހިންގަން އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. އިންޖިނިއަރގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުޠުތައް: (ހ) ސިވިލް އިންޖިނިއަރިންގ ނުވަތަ އެންވަޔަރަންމަންޓަލް އިންޖިނިއަރިންގ (ވޯޓަރ ސަޕްލައި އެންޑް ސެނިޓޭޝަން އިލެކްޓިވް މާއްދާތަކުގެ) ގެ ދާއިރާއިން ބެޗްލާރސް ޑިގްރީ ހާސިލުކޮށްފައިވުން. (ށ) މަދުވެގެން 10 އަހަރުދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުމާއެކު، މަދުވެގެން 7 އަހަރުދުވަހު، ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ޑިޒައިންކުރުމުގައާއި މަޝްރޫޢުތައް ރާވައި ހިންގުމުގެ ތަޖުރިބާ ލިބިފައިވުން. (ނ) ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ މަޝްރޫޢުތައް ރާވައި ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. (ރ) މައިކްރޯސޮޕްޓް އޮފީސް ޕެކޭޖާއި، ކޮމްޕިއުޓަރ އެއިޑަޑް ޑިޒައިން ސޮފްޓްވެއަރތަކަށް އަހުލުވެރިވެފައިވުން. (ބ) ފަރިތަކަމާއެކު އިނގިރޭސިބަހުން މުޢާމަލާތްކުރުމާއި، ޕްރެޒެންޓޭޝަން ދިނުމާއި، ނެގޯސިއޭޓްކުރުމުގެ ހުނަރު ލިބިފައިވުން. (ޅ) މަޝްރޫޢާ ގުޅޭ ތަފާތު އެކި ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމާއި، ޕްރޮޖެކްޓް ޓީމް މޯޓިވޭޓްކުރުވުމާއި، ލީޑަރޝިޕް ހުނަރު ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. (ކ) ރާއްޖޭގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުމަކީ މިކަމަށް ކުރިމަތިލާ ފަރާތްތައް ހޮވުމުގައި އިސްކަންދެވޭނެ ކަމެކެވެ. (އ) އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ޤާބިލްކަން ލިބިފައިވުމާއެކު، ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވުމާއި، މަސްއަލަތައް ޙައްލުކުރުމުގެ ޤާބިލްކަން ލިބިފައިވުމާއި، ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތްކުރުމުގެ ޤާބިލްކަން ލިބިފައިވުން. (ވ) ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށްވުމާއެކު، ޕްރޮޖެކްޓުގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭނެ މީހަކަށްވުން. (މ) މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ ނަޒާހަތްތެރި، އެހެނިހެން ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ. އިންޓަވިއު: އިންޓަވިއުއަށް ހޮވިފައިވާ ފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތުއެރުވޭނެއެވެ އަދި އެފަރާތެއް ކުރިންކޮށްފައިވާ މަސައްކަތުގެ ތަޖުރިބާ ހެކިކޮށްދޭނެ ފަރާތްތަކުގެ ތަފްސީލް ފޮނުވަން އެންގޭނެއެވެ. - މި މަޤާމަށް ހޮވޭ ފަރާތަށް، ކުރަންޖެހޭ ޕްރޮޖެކްޓުގެ މަސައްކަތުގެ ލަނޑުދަނޑިތައް ރަނގަޅަށް އެނގި، އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ ކަންތައްތައް އެނގެންވާނެއެވެ. އުޖޫރަ: މި މަޤާމަށް ހޮވޭ ފަރާތަށް މުސާރައިގެގޮތުގައި -/38,000 ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ. މަސައްކަތުގެ މުއްދަތު: މި މަސައްކަތުގެ މުއްދަތަކީ 24 (ސައުވީސް) މަސްދުވަހެވެ. ނަމަވެސް، މުއްދަތު އިތުރުކުރަން ޖެހިއްޖެ ހިނދެއްގައި، މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު، ކޮންޓްރެކްޓުގެ މުއްދަތު 1 (އެކެއް) އަހަރުދުވަހަށް އިތުރުކުރެވިދާނެއެވެ. ހުށަހަޅަށްޖެހޭ ލިޔުންތައް: މަތީގައި ބަޔާންވެފައިވާ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން ހުޅުވައިލަމެވެ. މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، މި މަސައްކަތްކުރުމުގެ ޤާބިލްކަން ސާބިތުކޮށްދިނުމުގެގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތާއި، މިފަދަ މާޙައުލުތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާއާއި، ތަޢުލީމީ ފެންވަރާއި ހުނަރާއި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަންވާނެއެވެ. ސުންގަޑި: ޝައުޤުވެރިވާ ފަރާތްތަކުން، 2016 ޖޫން 29 ވަނަ ދުވަހުގެ 12:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުވުން އެދެމެވެ. އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް: ވޯޓަރ އެންޑް ސްވަރޭޖް ޕްރޮޖެކްޓްސް އޯފިޑް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ ފޯން: 453-3018-960+ ފެކްސް: 301-3018-960+ އީމެއިލް: [email protected] އިތުރު މަޢުލޫމާތު: - މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ www.environment.gov.mv ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. - އިތުރު މަޢުލޫމާތު ސާފުކުރުމަށް [email protected] އެޑްރެހަށް އީމެއިލްކުރުން އެދެމެވެ. ނުވަތަ 3018453 ނަންބަރު ފޯނާ ގުޅުން އެދެމެވެ. |
4 ރަމަޟާން 1437