މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ޕްރޮކިއުމަންޓް އެގްޒެކެޓިވް

ވަޒީފާގެ ފުރުޞަތު

މިމަޤާމަށް މީހަކު ހޯދުމަށް ކުރެވުނު ނަންބަރު: (IUL)MMPRC-HAS/1/2016/22 (21 އެޕްރީލް 2016) އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާތިލުކޮށް އަލުން މި މަޤާމަށް މީހަކު ހޯދުމަށް އިޢުލާން ކުރަމެވެ.

މަޤާމުގެ ނަން:  ޕްރޮކިއުމަންޓް އެގްޒެކެޓިވް

ބޭސިކް މުސާރަ: -/6,600 ރުފިޔާ

އެލަވަންސް: -/4,400 ރުފިޔާ

ޑިޕާޓްމަންޓް / ސެކްޝަން: ޕްރޮކިއުމަންޓް

ބޭނުންވާ އަދަދު: 1

ޝަރުޠު:

- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ

- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ޕްރޮކިއުމަންޓުގެ ދާއިރާގައި 4 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.  

ސިޓީ ފޮނުވަންވީ ތާރީޚާއި ތަން: 16 ޖޫން 2016 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ވެލާނާގޭގެ 4 ވަނަ ފަންގިފިލާގައި ހުންނަ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނަށް.

:ހުށަހަޅަންޖެހޭ ލިޔުންތައް

-  ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ

-  ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު

-  ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (މިބައިގައި މާކްސް ދެވޭނީ އެޓެސްޓް ކޮށްފައިވާ ސެޓުފިކެޓުތަކަށެވެ.)

-  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

-  ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން (މިބަޔަށް މާކްސް ދެވޭނީ ލިޔުން ހުށަހަޅާފައިވާނަމައެވެ.)

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

- މި ކޯޕަރޭޝަނުން އެކިކަންކަމުގައި ތައްޔާރުކުރާ އިޢުލާންތައް ތައްޔާރުކޮށް ފޮނުވުން.

- ރިކުއެސްޓް ފޮރ ޕްރޮޕޯޒަލް (އާރް.އެފް.ޕީ) ލިޔެ ތައްޔާރުކުރުން.

- އިވެންޓްތަކާ ގުޅުންހުރި ބިޑްތަކުގެ ޕްރޮޕޯޒަލްތައް އިވެލުއޭޓްކުރުމަށްޓަކައި އިވެލުއޭޝަން ކޮމިޓީއަށް ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތައް ތައްޔާރުކޮށް ކޮމިޓީގެ ޖަލްސާތައް ބޭއްވުން.

- އިވެލުއޭޝަން ރިޕޯޓްތައް ތައްޔާރުކުރުން.

- އިވެންޓްތަކާ ގުޅުންހުރި ބިޑްތައް ރައްކާތެރިކޮށް، ރަނގަޅު އެރޭންޖްމަންޓެއްގެ ދަށުން ފައިލްކޮށް ބެލެހެއްޓުމާއި އެފަދަ މުހިންމު ލިޔުންތައް އޯޑިޓަށް ބޭނުންވާ ހާލަތްތަކުގައި އެފަރާތަށް ހުށަހެޅުން.

- އެކި ފަރާތްތަކާއެކު މި ކޯޕަރޭޝަނުން އެއްބަސްވެވޭ އެގްރީމަންޓްތައް ޑްރާފްޓްކޮށް އެކަމާގުޅޭ އެންމެހާ މަސައްކަތްތައް ކުރުން.

- ސެކްޝަންގެ ސިޓީ، ނޯޓު ފަދަ ލިޔުންތައް ތައްޔާރުކުރުން.

- މިކޯޕަރޭޝަންގެ ފަރާތުން ރާވައި ހިންގާ އެކިއެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުން.

އިތުރު މަޢުލޫމާތު 

  • މިމަޤާމުގައި އަދާކުރަންޖެހޭ މަސައްކަތުގެ ބާވަތުން، މިމަޤާމަށް ކުދިން ހޮވުމުގައި ފިރިހެން ކުދިންނަށް އިސްކަންދެވޭނެއެވެ.
  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3323228 ފޯނާއެވެ.
  • މިމަޤާމަށް އިންޓަރވިއު ކުރެވޭނީ ޝަރުޠު ހަމަވާ، ތަޢުލީމާއި ތަޖުރިބާ އެންމެ މަތީ 05 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓު ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް، ނުހޮވުނުކަމުގެ ސިޓީ ނުފޮނުވާނެ ކަމުގައި ވެސް ދެންނެވީމެވެ.

ސިޓީ އެޑްރެސް ކުރައްވާނީ:

ޙާރިޘް މުޙައްމަދު، އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

3 ރަމަޟާން 1437

08 ޖޫން 2016
ހޯދާ