ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސިވިލް ސަރވިސް ކޮމިޝަންގެ ސީނިއަރ ލީގަލް ކައުންސެލްގެ މަޤާމަށް މީހަކު ހޯދުން

މަޤާމް :ސީނިއަރ ލީގަލް ކައުންސެލް
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

މަޤާމު:

ސީނިއަރ ލީގަލް ކައުންސެލް

ރޭންކް:

އޭޖީއެލް 9

ކްލެސިފިކޭޝަން:

ސީނިއަރ ލީގަލް ކައުންސެލް، ގްރޭޑް 1

ސެކްޝަން

އެމްޕްލޯއީ ރިލޭޝަންސް 

އަސާސީ މުސާރަ:

-/11,803 ރުފިޔާ

ސަރވިސް އެލަވަންސް:

-/2500 ރުފިޔާ 

ލިވިންގ އެލަވަންސް:

-/5000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

05/4131 ރުފިޔާ (އަސާސީ މުސާރައިގެ %35)

އޯވަރޓައިމް އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ އަދަދު:

01

ތަޢުލީމާއި ތަޖުރިބާ:

ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަދުވެގެން 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. އެމްޕްލޯއީ ރިލޭޝަންސް ސެކްޝަނުގެ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.
  2. ސެކްޝަނުގެ މަސައްކަތްތައް ތަރައްޤީކޮށް ކުރިއެރުވުމަށް ބޭނުންވާ ސްޓްރެޓިޖީތަކާއި އުސޫލުތައް އެކުލަވާލައި، އެއާ އެއްގޮތަށް މަސައްކަތްތައް ބައްޓަންކުރުން.
  3. ކޮމިޝަނުގެ ފަރާތުން ކުރަންޖެހޭ ދަޢުވާކުރުމާއި، ދަޢުވާ ބަލައިގަތުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުވުމާއި، އެ މަސައްކަތް ހިންގައި ބެލެހެއްޓުން.
  4. ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ޤާނޫނީ ލަފާ ދިނުމުގައި ބޭނުންކުރާނެ މިންގަނޑުތައް އެކުލަވާލައި، ހިންގައި ބެލެހެއްޓުން.
  5. ޝަރުޢީ ކޯޓްތަކާއި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ދިރާސާކޮށް ކޮމިޝަނުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރުވުމާއި، އެ މަސައްކަތް ހިންގައި ބެލެހެއްޓުން.
  6. ސިވިލް ސަރވިސްގެ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން ޤާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ދިރާސާކޮށް އެކުލަވާލަންޖެހޭ ޑްރާފްޓްތައް އެކުލަވާލުމުގެ މަސައްކަތް ކުރުވުމާއި، އެ މަސައްކަތް ހިންގައި ބެލެހެއްޓުން. 
  7. ސިވިލް ސަރވިސްގެ އިދާރާތަކުގައި އެމްޕްލޯއީ ރިލޭޝަންސްއާބެހޭ ދިރާސާތައްކޮށް، ދިރާސާ ރިޕޯޓްތައް ކޮމިޝަނަށް ހުށަހެޅުން.
  8. ސިވިލް ސަރވިސްގެ މުވައްޒަފުން ހުށަހަޅާ ޝަކުވާގެ ބާވަތްތައް ދިރާސާކޮށް، އެފަދަ ޝަކުވާތަކުގެ އަސްލަށް ރުޖޫޢަވުމަށްޓަކައި ކުރަންޖެހޭ ދިރާސާތައްކޮށް، ޝަކުވާތައް އޮފީހުގެ މާހައުލުގައި ހައްލުކުރެވޭނެ ގައިޑްލައިންތަކެއް އެކުލަވާލައި އާންމުކުރުން.
  9. ސިވިލް ސަރވިސްގެ މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް، ޤާނޫނީގޮތުން ދިމާވާ މައްސަލަތައް ޓްރައިބިއުނަލް ނުވަތަ ކޯޓަށް ދިއުމުގެ ކުރިން ހައްލުކުރުމަށްޓަކައި ސިވިލް ސަރވިސްގެ ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ފާހަގަކޮށް އެއާގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
  10. ސިވިލް ސަރވިސްގައި މަސައްކަތްކުރާ އެއްވެސް މުވައްޒަފަކު، ޤާނޫނާ ގަވާއިދާ ޚިލާފުކަމެއް ކުރާކަމަށް ނުވަތަ ކުރަން އުޅޭކަމަށް ތުހުމަތު ކުރެވިގެން އެފަދަ މައްސަލައެއް އެ އޮފީހެއްގެ ޒިންމާދާރު އިސްވެރިޔާއަށް ހުށަހަޅައި، އެ މުވައްޒަފަކު ހިތްހަމަޖެހޭ ނަތީޖާ ހާސިލުނުވެގެން، ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާއި ރިޕޯޓުތައް ބަލައި ދިރާސާކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  11. ޤާނޫނާއި ގަވާއިދާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ހިންގައި ބެލެހެއްޓުން. 
  12. ހަވާލުކުރެވޭ މަސައްކަތްތަކާ ގުޅިގެން، އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.
  13. ކޮމިޝަނުގެ އަދި ސެކްޝަނުގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ހާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.
  14. ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ސެކްރެޓަރީ ޖެނެރަލް ހަވާލުކުރާ މަސައްކަތްތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

20 ޖޫން 2016 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ (ހ. ވެލާނާގެ 12 ވަނަ ފަންގިފިލާ)

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ).

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަޤާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)

  1. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި އިޢުލާނާއެކުގައިވާ "ޑިރެކްޓަރ ޖެނެރަލް، އެމްޕްލޯއީ ރިލޭޝަންސްގެ މަޤާމަށް އެދޭ މީހުން ސްކްރީން ކުރުމާއި، ހޮވުމާއި ޢައްޔަނު ކުރުމުގެ އުސޫލު" ގައިވާ ގޮތުގެ މަތިން (މި އުސޫލު ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ).

އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިޙާނާއި އިންޓަރވިއު/ޕްރެޒެންޓޭޝަން، 2016 ޖޫން 26 އާއި 2016 ޖޫން 30 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307303 ނުވަތަ 3307302 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

02 ރަމަޟާން 1437

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307303 ނުވަތަ 3307302 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

29 ޝަޢުބާން 1437

07 ޖޫން 2016
ހޯދާ