މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މުވައްޒަފަކަށް ވެވަޑައިގަތުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.

މަޤާމު: ހިއުމަން ރިސޯސް އެންޑް އެޑްމިނިސްޓްރޭޝަން ކޯޑިނޭޓަރ

ގްރޭޑް: 1

ސެކްޝަން: ހިއުމަން ރިސޯސް އެންޑް އެޑްމިނިސްޓްރޭޝަން

ޑިޕާޓްމަންޓް: ހިއުމަން ރިސޯސް އެންޑް އެޑްމިނިސްޓްރޭޝަން

އަދަދު: 1

މުސާރަ: -/8,900 ރުފިޔާ

ލިވިންގ އެލަވަންސް: -/3,000 ރުފިޔާ

ނޮން ޕްރެކްޓިސް އެލަވަންސް: -/2,500 ރުފިޔާ

އިތުރު އިނާޔަތްތައް:

  • އިތުރުގަޑީގެ ފައިސާ: މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
  • މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

މަޤާމުގެ ޝަރުޠު:

  • ދާއިރާއާ ގުޅޭ ފީލްޑަކުން ފުރަތަމަ ޑިގްރީ ހާސިލު ކޮށްފައިވުން، ނުވަތަ މިދާއިރާގައި މަދުވެގެން 7 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން،
  • ވަޒީފާއާބެހޭ ޤާނޫނު އަދި ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދު ރަނގަޅަށް ދަންނަ ފަރާތަކަށް ވުން،
  • ދިވެހި އަދި އިނގިރޭސިބަހުން ފަސޭހަކަމާއެކު މުޢާމަލާތު ކުރަން އެނގުން،
  • މަސައްކަތުގައި ގިނަވަގުތު ހޭދަކުރެވޭ ހީވާގި އަދި ގަޑިއަށާއި ހާޒިރީއަށް ފަރުވާބަހައްޓާ މީހަކަށް ވުން،
  • މަސައްކަތުގެ ހުނަރާއި ޤާބިލުކަން އިންޓަރވިއު ޕެނަލަށް ސާބިތުކޮށްދިނުން،

މަޤާމުގެ މަސްއޫލިއްޔަތު:

  • މުވައްޒަފުންގެ ހާޒިރީގެ ކަންކަން ޤާނޫނާއި ގަވާއިދާއި އަދި ހަމަޖެހިފައިއޮންނަ އުސޫލުގެ ދަށުން ބެލެހެއްޓުން؛
  • ކޮމިޝަންގެ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، ވަކިކުރުން، ޗުއްޓީއާއި ސަލާމުގެކަންތަކާއި، މުވައްޒަފުންގެ ޕާސަނަލް ފައިލްތައް ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތީން ބެލެހެއްޓުން؛
  • ކޮމިޝަންގެ މުވައްޒަފުންގެ މުސާރަ، އެލަވަންސް، އިތުރުގަޑި، އިންޝުއަރެންސް އަދި ޕެންޝަން ދިނުން ފަދަ އެންމެހާ ކަންކަން ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިންގައި ބެލެހެއްޓުން؛
  • މުވައްޒަފުން ތަމްރީނު ކުރުމަށް އެކަށައެޅޭ ޕްރޮގްރާމްތަކާ އެއްގޮތަށް އެކަންކަން ބަލަހައްޓައި ހިންގަން އެހީތެރިވެދިނުން؛
  • މުވައްޒަފުންގެ ޕަރފޯމަންސް އެޕްރެއިޒަލްގެ އެންމެހައި ކަންކަން ރާވައި ހިންގުން؛
  • ކޮމިޝަންގެ މުވައްޒަފުންގެ ޕްރޮމޯޝަންގެ ކަންކަން އެޗް.އާރ. ޕެނަލްގެ ލަފާގެ މަތިން ކުރިއަށް ގެންދިއުން؛
  • މުވައްޒަފުންނަށް ކުރިއެރުން ދިނުމުގައި ބަލަންޖެހޭ މިންގަނޑުތަކަށް ބަލައި، ކުރިއެރުން ޙައްޤުވާ މުވައްޒަފުންނަށް ކުރިއެރުން ލިބިދިނުމުގަޔާއި، މުވައްޒަފުންގެ ޙައްޤުތައް ހަމަޖެހިފައި އޮންނަ ޤާނޫނުތަކާއި، ގަވާއިދުތަކާއި އުސޫލުތަކުގެ މަތިން ހޯދައިދިނުމާއި އެކަންކަން ހިންގުން؛
  • ކޮމިޝަންގެ އެޗް.އާރ. ޑިވެލޮޕްމަންޓް ޕްލޭން ތައްޔާރު ކުރުން؛
  • ކޮމިޝަންގެ އެޑްމިންގެ އެންމެހައި މަސައްކަތްތައް އެޗް.އާރ އެންޑް އެޑްމިންގެ އިސް މުވައްޒަފުންގެ ލަފާގެ މަތިން ކޯޑިނޭޓްކޮށް ކުރިއަށް ގެންދިއުން
  • އެޑްމިނިސްޓްރޭޓިވް ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެހުންނަ ވެރިއަކު ނެތް ހިނދެއްގައި އެޑިޕާޓްމަޏްޓުގެ އެންމެހައި ޒިންމާތައް ފުރިހަމައަށް އަދާކުރަމުންގެންދިއުން؛
  • ކޮމިޝަންގެ އެންމެހައި މަސައްކަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ބޭނުންވާ ލަފާ އަދި އެހީ ފޯރުވައިދިނުން.

ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ކައުންޓަރުންނާއި ކޮމިޝަނުގެ ވެބްސައިޓް: www.broadcom.org.mv އިން ލިބެން ހުންނާނެއެވެ.)
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ / އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަޑު ޖަހާފައިވާ ސާފު ކޮޕީގެ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ( ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު)

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު: 13 ޖޫން 2016 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު
  • މަސައްކަތުގެ ތަޖުރިބާ
  • މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް

އިންޓަރވިއު ކުރުން: މިމަޤާމަށް މީހަކު ހޮވުމަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚު އެންގޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3334333 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3334334 އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

ނޯޓް:  މައުލޫމާތު ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ. 

03 ރަމަޟާން 1437

08 ޖޫން 2016
ހޯދާ