ނައިވާދޫ ސްކޫލް
ދިވެހިރާއްޖެ
ޕްރީސުކޫލް ދަރިވަރުން ކުޅޭ ބިމަށް ބޭނުންވާ ތަކެތި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި ސްކޫލަށް ތިރީގައި މިދަންނަވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ:

މި ސްކޫލުގެ ޕްރީސްކޫލް ދަރިވަރުން ކުޅޭ ބިމަށް ބޭނުންވާ ތަކެތި މި ސްކޫލުން ދޭ މަޢުލޫމާތާއި ކުރެހުމާ އެއްގޮތަށް، އަމިއްލަ ތަކެތީގައި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު GS-92/IUL/2016/15 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އަލުން މި މަސައްކަތް ކޮންދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖޫން 13 ވާ ހޯމަ ދުވަހުގެ 11:00 އަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖޫން 20 ވާ ހޯމަ ދުވަހުގެ 11:00 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ޤާނޫނު ނަންބަރު (18/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު ނަންބަރު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

29 ޝަޢުބާން 1437

05 ޖޫން 2016
ހޯދާ