މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ނ.ޅޮހީ ޞިއްޙީ މަރުކަޒު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ނ.ޅޮހީ ޞިއްޙީ މަރުކަޒު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)23-AP/23/2016/27 (28 އެޕްރީލް 2016) އިޢުލާނަށް ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގެ އަގު ބޮޑުކަމަށް ފެންނާތީ އެ އިޢުލާނު ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2016 ޖޫން 12 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:30 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ނުވަތަ ނ.މަނަދޫ އަތޮޅު ހޮސްޕިޓަލަށް ނުވަތަ ނ.ޅޮހީ ޞިއްޙީ މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖޫން 19 ވާ އާދީއްތަ ދުވަހު ހެނދުނު 10:30 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ނުވަތަ ނ.މަނަދޫ އަތޮޅު ހޮސްޕިޓަލަށް ނުވަތަ ނ.ޅޮހި ޞިއްޙީ މަރުކަޒަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

02 ރަމަޟާން 1437 
07 ޖޫން 2016
ހޯދާ