ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ.

މި އެޖެންސީގެ ދަށުން ސ. ހިތަދޫގައި ހިންގާ ޑުރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރު ހިންގާ ޢިމާރާތުގެ ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)434-A/1/2016/28 (19 މޭ 2016) އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާނުކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖޫން 13 ވާ ހޯމަ ދުވަހުގެ 11:00 އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ޖޫން 16 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސިހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާނީ ސ. ހިތަދޫގައި ހުންނަ ޑުރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރު (ހަވާއީ /ސ. ހިތަދޫ) އަށެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

29 ޝަޢުބާން 1437

05 ޖޫން 2016
ހޯދާ