މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ފަރުނީޗަރ ގަތުމަށް ބޭނުންވެއްޖެ

އިޢުލާން

ފަރުނީޗަރ ގަތުމަށް ބޭނުންވެއްޖެ

ސްކޫލްތަކަށް 3400 ޕްލާސްޓިކު ގޮނޑި ގަތުމަށް ކުރެވުނު ނަންބަރު (IUL)22-PU/1/2016/105 އިޢުލާނާ ގުޅިގެން ދެވިފައިވާ މަޢުލޫމާތު ފުރިހަމަ ނޫންކަމަށް ޕްރޮކިއުމަންޓް ކޮމެޓިއަށް ފެންނާތީ، އެ އިޢުލާން ބާޠިލުކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2016 ޖޫން 12 ވަނަ ދުވަހުގެ 13:00 އަށް

2016 ޖޫން 16 ވަނަ ދުވަހުގެ13:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403  ނަންބަރު ފޯނާއެވެ.

07 ޖޫން 2016
ހޯދާ