ދިވެހިރާއްޖެ
އިޢުލާން
ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނެބަލް އެނަރޖީ ޑިވެލޮޕްމަންޓް (ޕޮއިސްޑް) ޕްރޮޖެކްޓް
އޭ.ޑީ.އެފް ގްރާންޓް ނަންބަރު: G-0409
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
ޓެކްނިކަލް ކޮންސަލްޓެންޓް - ލޯކަލް
ދިވެހި ސަރުކާރާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް ގުޅިގެން ކުރިއަށްގެންދާ ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނެބަލް އެނަރޖީ ޑިވެލޮޕްމަންޓް (ޕޮއިސްޑް) ޕްރޮޖެކްޓުގެދަށުން ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓުގައި ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކުރާނެ ލޯކަލް ޓެކްނިކަލް ކޮންސަލްޓަންޓެއް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.
ލޯކަލް ޓެކްނިކަލް ކޮންސަލްޓެންޓުގެ މައިގަނޑު މަސައްކަތަކީ، ޕްރޮޖެކްޓަށް ބޭނުންވާ ޓެކްނިކަލް ލަފަޔާއި މަޝްވަރާދިނުމާއި، މަޝްރޫޢު ހިންގުމުގައި އެހީތެރިވެދިނުމެވެ.
މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންވާ މައިގަނޑު ޝަރުޠުތައް:
- ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.
- އިންޖިނިއަރިންގ ނުވަތަ ގުޅުންހުރި ދާއިރާއަކުން ޑިގްރީ ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- ގުޅުންހުރި ދާއިރާއަކުން ޓްރެއިނިންގ ހާސިލުކުރެވިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މިކަހަލަ މަޤާމެއްގައި މަދުވެގެން 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- މި ދާއިރާއާ ގުޅުންހުރި ސަރުކާރުގެ ވަޒީފާއެއްގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- އިންޖިނިއަރިންގ ދާއިރާގައި ބޭނުންކުރާ ސޮފްޓްވެއާތައް ބޭނުންކޮށްގެން ރަށްރަށުގެ ޕަވަރ ސިސްޓަމްތަކުގެ ސިންގަލް ލައިން ޑައިގްރަމް ތައްޔާރުކުރުމުގެ ހުނަރާއި ތަޖުރިބާ ހުރުން.
- ރަށްރަށުގެ ޕަވަރ ސިސްޓަމްތައް އެނަލައިޒްކޮށް، އެތަންތަން ތަރައްޤީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ހޯދައި، ރިނިއުބަލް އެނަރޖީއާއި، އެނަރޖީ އެފިޝަންސީގެ ދާއިރާގެ ކަންކަން ހިމެނޭނެގޮތަށް ސިސްޓަމްތައް ބައްޓަންކުރުން.
- ބޭރުގެ އެހީގައި ހިންގާ މަޝްރޫޢެއްގައި މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުމަކީ އެދެވިގެންވާކަމެކެވެ؛
- އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް ނުވަތަ ވޯރލްޑް ބޭންކުގެ ގަވާއިދުތަކަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުމާއި، މަޝްރޫޢުގެ އަމާޒުތައް ހާސިލުކުރެވޭ ފަރާތަކަށްވުން.
- އިނގިރޭސިބަހާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުމާއި، ޓީމެއްގައި މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
- މަތީގައިވާ ކަންކަމުގެ އިތުރުން، ގިނައިރު މަސައްކަތުގައި އުޅެވޭ ފަރާތެއްކަމުގައި ވާންޖެހޭނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަންސް އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީގެ ފަރާތުން ހުޅުވައިލަމެވެ. މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، މި މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު އަންގައިދިނުމުގެގޮތުން ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލާއި، މިފަދަ މާޙައުލުތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާއާއި، ތަޢުލީމީ ފެންވަރާއި، ހުނަރާއި، އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަންވާނެއެވެ.
މީހުން ހޮވުމުގައި ޢަމަލުކުރާނެ ގޮތް:
މީހުން ހޮވުމުގައި ޢަމަލުކުރެވޭނީ، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ކޮންސަލްޓަންޓުން ހޮވުމަށާއި ވަޒީފާ ހަމަޖެއްސުމަށް ކަނޑައަޅާފައިވާ އުޞޫލުތައް: ޖަނަވަރީ 2011 އާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.
އުޖޫރަ:
މަސައްކަތަށް ހޮވޭ ފަރާތަކަށް، އެފަރާތެއްގެ މަސައްކަތުގެ ތަޖުރިބާއާއި ތަޢުލީމީ ފެންވަރަށް ބަލައި، -/30,000 ރުފިޔާއާއި -/38,550 ރުފިޔާއާ ދެމެދުގެ އުޖޫރައެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މަސައްކަތުގެ މުއްދަތު:
މި މަސައްކަތުގެ މުއްދަތަކީ 24 (ސައުވީސް) މަސްދުވަހެވެ. ނަމަވެސް، މުއްދަތު އިތުރުކުރަން ޖެހިއްޖެ ހިނދެއްގައި، މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރެވިދާނެއެވެ.
ސުންގަޑި:
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖޫން 23 ވަނަ ދުވަހުގެ 12:00 ގެ ކުރިން، "އެކްސްޕްރެޝަންސް އޮފް އިންޓްރެސްޓް" ތިރީގައިވާ އެޑްރެހަށް ފޮނުވުން އެދެމެވެ. މި މަސައްކަތަށް ހޮވޭ ފަރާތުން މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ، ޖޫން/ޖުލައި 2016 ގައެވެ.
އިތުރު މަޢުލޫމާތު ހޯދުން:
އިތުރު މަޢުލޫމާތު ސާފުކުރުމަށް ތިރީގައިވާ އެޑްރެހަށް ގުޅުވުން އެދެމެވެ.
ޕްރޮޖެކްޓް މެނޭޖަރ - ޕޮއިސްޑް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ގްރީން ބިލްޑިންގ
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
ފޯނު: 3018329
.......................................................
25 ޝަޢުބާން 1437