މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ހިނގަމުންދާ ގްރީންބިލްޑިންގ އިމާރާތާއި ގޯޑައުން 1 އަދި 2 ވަނަ ފްލޯގެ ކުރަންޖެހޭ ބައެއް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

އިޢުލާން

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ހިނގަމުންދާ ގްރީންބިލްޑިންގ އިމާރާތާއި ގޯޑައުން 1 އަދި 2 ވަނަ ފްލޯގެ ކުރަންޖެހޭ ބައެއް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

  1. މި ބީލަން ކުރިއަށްދާނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ ދަށުން 11 ފެބުރުވަރީ 2009 ގައި އާންމުކޮށްފައިވާ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް 31 އޮކްޓޫބަރު 2010 ގައި އިތުރުކުރެވުނު "ބާބު 15: ދައުލަތުގެ ޕްރޮކިއުމަންޓް"ގެ ދަށުންނެވެ.
  2. ބީލަން ކާމިޔާބުކުރާ ފަރާތެއް ހޮވުމުގައި ބަލާނީ، މަޢުލޫމާތު ޝީޓްގައި ދެވިފައިވާ މިންގަނޑުތަކަށެވެ.
  3. މި މަސައްކަތާ ގުޅިގެން ބޭއްވޭ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 14 ޖޫން 2016 ވާ އަންގާރަ ދުވަހުގެ ހެނދުނު 12:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގެ އެއްވަނަ ފަންގިފިލާގައެވެ. އަދި މި ދެންނެވި ތާރީޚްގައި ޕްރީ ބިޑް ބައްދަލުވުމުގައި ބައިވެރިވެ ނުލައްވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެކަން ދަންނަވަމެވެ.
  4. ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ޖޫން 19 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
  5. ބަންދުކުރެވިފައިވާ ބީލަންތައް 2016 ޖޫން 19 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ތިރީގައިވާ އެޑްރެހަށް ހުށަހަޅުއްވަންވާނެއެވެ. މި ވަގުތުގެ ފަހުން ހުށަހެޅޭ ބީލަންތައް ބަލައިނުގަނެވޭނެއެވެ. ބީލަން ހުޅުވާނީ މަތީގައި ދެންނެވުނު ގަޑީގައި ތިރީގައިވާ އެޑްރެހަށް ވަޑައިގަންނަވާ ބީލަންހުށަހަޅުއްވާ ފަރާތްތަކުގެ މަންދޫބުންގެ ހާޒިރުގައެވެ.

ޕްރޮކިއުމަންޓް ޔުނިޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާލެ، 20392، ދިވެހިރާއްޖެ

ފޯނު: 3018300 960+ ، ފެކްސް: 3018301 960+

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

 

06 ޖޫން 2016
ހޯދާ