ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓަންޓް ފެސިލިޓީސް މެނޭޖަރ – އުތުރު ސަރަހައްދު

މަޤާމް :އެސިސްޓަންޓް ފެސިލިޓީސް މެނޭޖަރ – އުތުރު ސަރަހައްދު
ބޭނުންވާ އަދަދު :1

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި ޤާބިލު މީހުންނެވެ.

މަޤާމު:

އެސިސްޓަންޓް ފެސިލިޓީސް މެނޭޖަރ – އުތުރު ސަރަހައްދު

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން:

އެސިސްޓަންޓް މެނޭޖަރ

މުސާރަ އާއި ޢިނާޔަތްތައް:

މަހަކު -/17,000 ރުފިޔާއާ -/20,000  ރުފިޔާއާ ދެމެދު އަދަދެއް (ހާސިލުކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ވަޒިފާ އަދާކުރަންޖެހޭ އޮފީސް، ރަށް:

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)، އުތުރު ސަރަހައްދުގެ ކުނި މެނޭޖްކުރާ މަރުކަޒު، ރ. ވަންދޫ

ބޭނުންވާ އަދަދު:

01 (އެކެއް)

ޝަރުޠު:

(ހ) ބިޒްނަސް މެނޭޖްމަންޓް، އެންވަޔަރަމަންޓް މެނޭޖްމަންޓް ނުވަތަ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 01  އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ،

(ށ) ބިޒްނަސް މެނޭޖްމަންޓް، އެންވަޔަރަމަންޓް މެނޭޖްމަންޓް ނުވަތަ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 02  އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛

(ނ) ޞިނާޢީ މަސައްކަތްތައް މެނޭޖްކުރުމުގެ ތަޖުރިބާ ލިބިފައި ހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

(ރ) ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

(ބ) އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުމާއި، ޓީމެއް ގޮވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

(ޅ) އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުމާއި މަޝްރޫއުގެ އަމާޒުތައް ހާސިލުކުރެވޭނެ ފަރާތަކަށްވުން؛

(ކ) މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ރ. ވަންދޫގައި ޤާއިމުކުރެވިފައިވާ އުތުރު ސަރަޙައްދުގެ ކުނިމެނޭޖްކުރާ މަރުކަޒު އިސްވެ ހިންގުމުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން
  2. ކޯޕަރޭޝަންއިން ކުރިއަށްގެންދާ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ ދިރާސާތައް ކުރުމާއި އެ ދިރާސާތަކުގެ އަލީގައި ޚިދުމަތްތައް ރަނގަޅުކުރުމަށް މަސައްކަތް ކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުން
  3. ތައްޔާރުކުރެވިފައިވާ އުސޫލުތަކަށް (ސްޓޭންޓަޑް އޮޕަރޭޓިންގ ޕްރޮސީޖަރ) ޢަމަލުކުރޭތޯ ބެލުން
  4. މަސައްކަތްތައް މޮނިޓަރކުރާނެ ނިޒާމު ހިންގައި ލިބޭ ޚިޔާލުތަކުގެ އަލީގައި ޚިދުމަތް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތްކުރުން.
  5. އޮޕަރޭޝަންސް ޑިޕާޓްމަންޓުން ތައްޔާރުކުރާ ތަފާތު ރިޕޯޓުތަކަށް ބޭނުންވާ މަޢުލޫމާތުތައް އެއްކުރުމާއި ރައްކާކޮށް ބެލެހެއްޓުން
  6. ކޯޕަރޭޝަންގެ އޮޕަރޭޝަން ޑިޕާޓްމަންޓުން ފޯރުކޮށްދޭ ޚިދުމަތްތައް ފުރިހަމަ ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ތަރައްޤީކޮށް ހިންގުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

- މަސައްކަތާ ގުޅުން ހުރި ދާއިރާއިން ލިބިފައިވާ ތައުލީމާއި ތަޖުރިބާ.

- ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި ވެފައިވާ މިންވަރު.

- އިންޓަވިއު

ހުށަހަޅަންޖެހޭ ތަކެތި:

 

- ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައި އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އޮފީހުގެ ވެބްސައިޓުން (http://wamco.com.mv/resources/forms/) މި ފޯމު ޑައުންލޯޑު ކުރެވެން ހުންނާނެއެވެ).

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު.

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އެޓެސްޓްކުރެވިފައިވާ)

- ޕޮލިސް ރިޕޯޓު (ރިޕޯޓު ދޫކުރެއްވި ތާރީޚުގެ ފަހުން 03 މަސްދުވަސް ހަމަނުވާ)

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށްޓަކައި މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު).

ސުންގަޑި އަދި ލިޔުންތައް ހުށަހަޅަންޖެހޭ އިދާރާ:

- 2016 ޖޫން 22 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ މައި އޮފީހަށް (މއ. ޖަންބުގަސްދޮށުގެ، 3 ވަނަ ފަންގިފިލައަށް) ހުށަހެޅުއްވުން.

އިންޓަރވިއުއާއި އިމްތިޙާންކުރުން:

- އިންޓަރވިއުއާއި އިމްތިޙާންކުރުން، 23 ޖޫން އާއި 30 ޖޫން އާ ދެމެދުގައި، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މައި އޮފީހުގައި (މއ. ޖަންބުގަސްދޮށުގޭގެ 3 ވަނަ ފަންގިފިލާގައި) އޮންނާނެއެވެ.

އިތުރު މަޢުލޫމާތު:

- މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި 5 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

- އިންޓަވިއުއާއި އިމްތިޙާންކުރުމަށް ކޯޕަރޭޝަނުން ގުޅާނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

- އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3000581 ނުވަތަ 7584070 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

29 ޝަޢުބާން 1437

05 ޖޫން 2016
ހޯދާ