އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ފެމްބޯސާގެ ހަތްވަނަ ބައްދަލުވުމަށް ތަކެތި ތައްޔާރުކުރުމަށް

އިޢުލާނު

އަންދާސީހިސާބު ބޭނުންވެއްޖެ

2016 އޮގަސްޓު 2 ން 4 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ފެމްބޯސާގެ ހަތްވަނަ ބައްދަލުވުމަށް ވަޑައިންނަވާ ބޭރުގެ ފަރާތްތަކަށް ދިނުމަށް ގިފްޓްޕެކް ތައްޔާރުކުރުމަށާއި މި ބައްދަލުވުމުގައި ބޭނުންކުރުމަށް ތިރީގައި މިދަންނަވާ ތަކެތި، މިކޮމިޝަނުން ދޭ މަޢުލޫމާތާއި އެއްގޮތަށް ތައްޔާރުކޮށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ޚިދުމަތް / ތަކެތި

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށަހެޅުން

އެގްޒެކެޓިވް ގަލަށް

2016 ޖޫން 14 ވާ ބުރާސްފަތި ދުވަހުގެ 10:30

2016 ޖޫން 19 ވާ ބުރާސްފަތި ދުވަހުގެ 11:30

ނޯޓު ޕެޑް

ނޯޓު ފޮތް

އެގްޒެކެޓިވް ފައިލް

ތަޅުދަނޑިލާ ފޫ

ބްރީފް ކޭސް

ސްޕައިރަލް ނޯޓްފޮތް

ސުވެނިއަރ ގަލަށް

ކަރުދާސް ޕޮކެޓް ފައިލް

ސާކް ގައުމުތަކުގެ ދިދަ (ކުދި އަދި ބޮޑު)

ކާޑް ހޯލްޑަރ އަދި ލެންޔާޑް

ނޭމް ސްޓޭންޑް

ވީމާ، މި ޚިދުމަތްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތާވަލުގައިވާ ގޮތުގެމަތިން ކޮމިޝަނުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތާވަލުގައިވާ ގޮތުގެމަތިން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކާއި، އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިޖެހުމުގެ ފަހުން، ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.

 އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭނެ ތަކެތި:

  • ކޮމިޝަނުގެ އިދާރާއަށް މި ޚިދުމަތްތައް ދިނުމަށް ހުށަހަޅާ އަގު:
  • މުއްދަތު:
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ.
  • މަސައްކަތަށް ކުރިމަތިލާ ފަރާތުގެ މަޢުލޫމާތު (ޕްރޮފައިލް، ވިޔަފާރި ރަޖިސްޓްރޭޝަން ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ، މި ކަންކަމުގައި މަސައްކަތަށް ކުރިމަތިލާ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު)
  • މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން
  • އެ މަސައްކަތަކާ ގުޅިގެން ކޮމިޝަނުން ދޭ މަޢުލޫމާތު ޝީޓުގައި ބަޔާންކޮށްފައިވާ އެހެނިހެން މަޢުލޫމާތުތައް.

ނޯޓު:

  • މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރުމުގެ އިޚުތިޔާރު އިލެކްޝަންސް ކޮމިޝަނުގެ އިދާރާއަށް ލިބިގެންވެއެވެ. އަދި އަންދާސީހިސާބު ބާޠިލުކުރަން ޖެހިއްޖެ ހާލަތެއް މެދުވެރިވެއްޖެނަމަ އަންދާސީހިސާބު ބާޠިލުކުރުމުގެ އިޚުތިޔާރު ކޮމިޝަނަށް ލިބިގެންވެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންވާނަމަ، ގުޅުއްވާނީ 3004434 / 3004444 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ  [email protected] އަށެވެ.

29 ޝަޢުބާން 1437

05 ޖޫން 2016
ހޯދާ