އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
2500 އަކަފޫޓާއި 3500 އަކަފޫޓާ ދެމެދުގެ ގުދަނެއް ކުއްޔަށް ހިފުމާބެހޭ

2500 އަކަފޫޓާއި 3500 އަކަފޫޓާ ދެމެދުގެ ގުދަނެއް ކުއްޔަށް ހިފުމާބެހޭ

އިޢުލާނު

2016 ޖުލައި 1 އިން ފެށިގެން 4 އަހަރުގެ މުއްދަތަށް މި ކޮމިޝަނަށް 2500 އަކަފޫޓާއި 3500 އަކަފޫޓާ ދެމެދުގެ ގުދަނެއް މާލެއިން ކުއްޔަށް ހިފުމަށް ބޭނުންވެއްޖެއެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށަހެޅުން

2016 ޖޫން 14 ވާ އަންގާރަ ދުވަހުގެ 11:30

2016 ޖޫން 21 ވާ އަންގާރަ ދުވަހުގެ 11:30

ވީމާ، ގުދަން ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތާވަލުގައިވާ ގޮތުގެމަތިން ކޮމިޝަނުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތާވަލުގައިވާ ގޮތުގެމަތިން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކާއި، އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިޖެހުމުގެ ފަހުން، ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.

ނޯޓު:

  • މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރުމުގެ އިޚުތިޔާރު އިލެކްޝަންސް ކޮމިޝަނުގެ އިދާރާއަށް ލިބިގެންވެއެވެ. އަދި އަންދާސީހިސާބު ބާޠިލުކުރަން ޖެހިއްޖެ ހާލަތެއް މެދުވެރިވެއްޖެނަމަ އަންދާސީހިސާބު ބާޠިލުކުރުމުގެ އިޚްތިޔާރު ކޮމިޝަނަށް ލިބިގެންވެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންވާނަމަ، ގުޅުއްވާނީ 3004434 / 3004444 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ  [email protected] އަށެވެ.

29 ޝަޢުބާން 1437

05 ޖޫން 2016
ހޯދާ