ޏ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ

މި މަރުކަޒުގެ 2016 ވަނަ އަހަރުގެ އަހަރީ އިނާމު ދިނުމަށް ބޭނުންވާ ޓްރޮފީއާއި ޝީލްޑް، މިމަރުކަޒުން ހުށަހަޅާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްދެއްވާނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖޫން 16 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30ގައި ޏ. އަތޮޅު ތަޢުލީމީ މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖޫން 21 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 އަށް ޏ. އަތޮޅު ތަޢުލީމީ މަރުކަޒަށް ވަޑައިގެން ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމުގައި ބަލާނެ ކަންތައްތަކާއި ޕޮއިންޓް ދެވޭ އުސޫލު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. މިކަމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި މިމަރުކަޒުގެ ނަންބަރު 6865002 އަށް ގުޅުއްވުން އެދެމެވެ.

05 ޖޫން 2016
ހޯދާ