ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް
ދިވެހިރާއްޖެ
ޕާޓް-ޓައިމް ލެކްޗަރަރއިން ބޭނުންވެއްޖެ

އިޢުލާން

އިސްލާމިކް ސްޓަޑީޒްގެ ދާއިރާއާއި، އުނގަންނައިދިނުމުގެ ދާއިރާ އަދި މީގެ އިތުރުން ޤުރުއާނާއި، އިނގިރޭސި ބަސް ކިޔަވައިދިނުމުގެ ޝައުޤުވެރިކަން ހުރި ޕާޓް ޓައިމް ބޭފުޅުން މި ފެކަލްޓީއަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖޫން 19 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން  ވަޒީފާއަށް އެދޭ ފޯމާއި އައި.ޑީ ކާޑުގެ ކޮޕީއަކާއެކު ލިބިފައިވާ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓުތަކުގެ ކޮޕީ މި ފެކަލްޓީގެ އިދާރީ ބަޔަށް ހުށަހެޅުއްވުން އެދެމެވެ.

ޕާޓް ޓައިމްކޮށް ކިޔަވައިދިނުމަށްއެދި ހުށަހަޅުއްވާ ބޭފުޅުންގެ ތެރެއިން، ކުރިން މި ފެކަލްޓީގައި ކިޔަވައިދެއްވާފައިވާ އަދި އެ ބޭފުޅުންގެ ކިޔަވައިދިނުން ރަނގަޅުކަމަށް ފާހަގަކުރެވިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. އަދި ކުރިން މި ފެކަލްޓީގައި ކިޔަވައިދެއްވާފައިވާ ބޭފުޅެއްނަމަ ހަމައެކަނި ސިޓީއެއް ހުށަހެޅުއްވުމުން ފުދޭނެއެވެ.

ވަޒީފާއަށް އެދޭފޯމު ފެކަލްޓީގެ ކައުންޓަރުން ލިބެން ހުންނާއެވެ.

05 ޖޫން 2016
ހޯދާ