ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރާބެހޭ

އިޢުލާން

މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު 17/2011 ގެ 47 ވަނަ މާއްދާގެ ހ. ގައި، ނޭޝަނަލް ޑްރަގް އޭޖެންސީން އުފައްދާ ހިންގަން ފެށުމަށް ބަޔާންކޮށްފައިވާ ފަރުވާދޭ މަރުކަޒުތަކުގެ ތެރެއިން ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރު މިއޭޖެންސީން މިއަދު ވަނީ ޤާއިމުކޮށްފައެވެ.

ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރަކީ މަސްތުވާ ތަކެތި ބޭނުންކުރުމާއި ޕެޑެލް ކުރުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުން، އެމީހުންގެ ބަންދުގެ މުއްދަތުގައި އެތާނގައި ބައިތިއްބައިގެން އެމީހުނަށް ލިބެންވާ އަސާސީ ފަރުވާ ދެވެމުންދާނެގޮތަށް ޚާއްޞަ ކުރެވޭ މަރުކަޒެކެވެ.

މި އޭޖެންސީން ޤާއިމުކުރި ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރަކީ 80 މީހުންގެ ޖާގައިގެ ސެންޓަރެކެވެ. މިސެންޓަރު ޤާއިމު ކުރެވިފައިވަނީ ކ. މާފުށީގައެވެ. މި ސެންޓަރުގައި ޑިޓޮކްސިފިކޭޝަން ޚިދުމަތާއި އަދި ބޭނުންވާނެ ރިހެބިލިޓޭޝަން ކްލާސްތަކުގެ ޚިދުމަތް ޤާއިމުކުރެވިފައިވެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

02 ޖޫން 2016
ހޯދާ