އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްބޯޅަދަނޑުގައި ލައިޓް ހަރުކޮށް ކަރަންޓުގުޅައި ދިއްލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

އައްޑޫސިޓީގެ މީދޫއަވަށު ފުޓްބޯޅަ ދަނޑުގައި ލައިޓް ހަރުކޮށް ކަރަންޓުގުޅުމުގެ މަސައްކަތް

އައްޑޫސިޓީގެ މީދޫއަވަށު ފުޓްބޯޅަދަނޑުގައި ލައިޓް ހަރުކޮށް ކަރަންޓުގުޅައި ދިއްލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މަޢުލޫމާތު ދިނުން އޮންނާނީ، 12 ޖޫން 2016 ވާ އާދީއްތަދުވަހުގެ ހެނދުނު 11:00 ގައި  އައްޑޫސިޓީގެ ހުޅުދޫ އަވަށުއޮފީހުގައާއި، މި އިދާރާގެ ކޮންފަރެންސްހޯލުގައެވެ. ހުޅުދޫ އަވަށުއޮފީހުން މަޢުލޫމާތު ސާފުކުރި ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅުއްވާނީ، ހުޅުދޫ އަވަށުއޮފީހަށެވެ. މި އިދާރާއިން މަޢުލޫމާތު ސާފުކުރި ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅުއްވާނީ މި އިދާރާއަށެވެ. އަންދާސީހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ، 19 ޖޫން 2015 ވާ އާދީއްތަދުވަހުގެ 11:00 އެވެ.

މަޢުލޫމާތު ދިނުމަށާއި ޕްރޮޕޯޒަލް ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރި ނުވެވޭނެވާހަކަ ދެންނެވީމެވެ.

26 ޝަޢުބާން 1437

02 ޖޫން 2016
ހޯދާ