މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އިންޖިނިއަރ

 

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

އިންޖިނިއަރ

މަޤާމުގެ ރޭންކް:

އެމް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ:

މަހަކު -/7،035 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/3،500 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

މަހަކު 2,462/25 ރުފިޔާ

އިތުރުގަޑީގެ ފައިސާ:

އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެއެވެ.

ވަޒިފާ އަދާކުރަންޖެހޭ އޮފީސް، ސެކްޝަން، ރަށް:

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ / ވޯޓަރ އެންޑް ސެނިޓޭޝަން ޑިޕާޓްމަންޓުގެ  ޕްރޮޖެކްޓް ޑިޒައިންގ އެންޑް ސްޕަވިޝަން ޔުނިޓް، މާލެ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ޝަރުޠު:

1. ސިވިލް، އެންވަޔަރަންމަންޓަލް، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސިވިލް، އެންވަޔަރަންމަންޓަލް، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސިވިލް، އެންވަޔަރަންމަންޓަލް، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހަސިލުކޮށްފައިވުމާއެކު،  ސިވިލް، އެންވަޔަރަންމަންޓަލް، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. ސިވިލް، އެންވަޔަރަންމަންޓަލް، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ހާސިލުކޮށްފައިވުމާއެކު، ސިވިލް، އެންވަޔަރަންމަންޓަލް، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

4. ސިވިލް، އެންވަޔަރަންމަންޓަލް، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

5. ސިވިލް، އެންވަޔަރަންމަންޓަލް، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ  އޮނިގަނޑުގެ  ލެވެލް 4 ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  ގުޅުންހުރި  އެހެން  ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ރަށްރަށުގައި ޤާއިމުކުރެވޭ ފެން ފޯރުކޮށްދޭ ނިޒާމާއި، ނަރުދަމާ ނިޒާމު ޤާއިމުކުރުމަށްޓަކައި ބޭނުންވާ ސަރވޭކުރުމަށްފަހު، ކޮންޓްރެކްޓަރުން ހުށަހަޅާ ރިޕޯޓް ދިރާސާކޮށް، އެފަރާތްތަކަށް ބޭނުންވާ ފަންނީ ލަފާ ދުވަހުން ދުވަހަށް ދިނުމާއި، އިސްވެ ހުންނެވި ވެރިޔަކު ޗުއްޓީ ނަންގަވައިފިނަމަ، ސެކްޝަނާ ހަވާލުވެ މަސައްކަތްކުރުން.

2. ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ބޭނުންވާ މާލީ އެހީއާއި ފަންނީ އެހީ ހޯދުމަށްޓަކައި  ޕްރޮޕޯސަލާއި އެހެނިހެން ލިޔުންތައް ތައްޔާރުކޮށް، ރާއްޖެއާއި ރާއްޖެއިންބޭރުގެ ފަރާތްތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވުން.

3. ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ކުރިއަށްގެންދަވާ ކޮންސަލްޓަންޓުންނާއި ކޮންޓްރެކްޓަރުން ހުށަހަޅާ ރިޕޯޓާއި އެހެނިހެން ލިޔެކިޔުންތަކަށް ބޭނުންވާ ފަންނީ ލަފާ ދުވަހުން ދުވަހަށް ދިނުމާއި، އެފަރާތްތަކުން ހުށަހަޅާ ރިޕޯޓްތަކަށް ބަދަލެއް ގެންނަންޖެހިއްޖެނަމަ، ސެކްޝަނުގެ އިސްވެރިޔާއަށް އެކަން އަންގައި، ގެންނަންޖެހޭ ބަދަލު ގެނައުން. 

4. ފެނާއި ނަރުދަމާގެ މަޝްރޫޢުތަކުގެ ޓެންޑަރިންގ ޕްރޮސެސްގައި އެކި ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބާއި ބިޑިންގ ޑޮކިއުމަންޓްސް ބަލައި ރިވިއުކުރުމާއި، މިކަމާ ބެހޭގޮތުން ތައްޔާރުކުރަންޖެހޭ ލިޔުންތަކާއި ރިޕޯޓް ތައްޔާރުކޮށް، ކަނޑައެޅިފައިވާ މުއްދަތުގައި ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.

5. ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ކޮންޓްރެކްޓަރުންނާ ހަވާލުކުރުމަށްޓަކައި ތައްޔާރުކުރަންޖެހޭ އެގްރީމެންޓާއި، އެއާ ގުޅޭ ލިޔެކިޔުންތައް ތައްޔާރުކޮށް، ސޮއިކުރުމުގެ ކުރިން ހުއްދަ ހޯދަންޖެހޭ ފަރާތްތަކުން ބޭނުންވާ ހުއްދަ ހޯދުން.

6. ރަށްރަށުގައި ނަރުދަމާ ނިޒާމްތައް ޤާއިމްކޮށް ތަރައްޤީކުރުމުގައި ޓެކްނޮލަޖީގެގޮތުން ކުރިއެރުވުމުގެ އުސޫލުތަކަށް ތަރުޙީބުދީ، އެކަމާ ގުޅޭ ހޯދުންތައް ހޯދައި، ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާގެމަތިން ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫޢުތައް ކުރިއަށްގެންދިޔުމުގައި އޭގެ ބޭނުން ހިފޭނެފަދަ އުސޫލުތަކަކާއި ގަވާއިދުތައްކެއް އެކުލަވައިލުން.

7. ރަށްރަށުގައި ޤާއިމުކުރުވޭ ފެނާއި ނަރުދަމާ ނިޒާމްތަކާ ގުޅޭގޮތުން މިނިސްޓްރީއަށް ހުށަހެޅޭ ޕްރޮޕޯސަލާއި ޑިޒައިންގ ރިޕޯޓްތައް އިވެލުވޭޓްކޮށް، ބޭނުންވާ ފަންނީ ލަފާ ދިނުމާއި، ތައްޔާރުކުރެވޭ ރިޕޯޓްތައް ގަވާއިދުން ކަމާބެހޭ ފަރާތްތައް ފޮނުވުން.

8. ރަށްރަށުގައި ޤާއިމުކުރެވިފައިވާ ފެނާއި ނަރުދަމާ ނިޒާމުތަކާއި، ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫޢުތައް ކުރިއަށްގެންދެވޭ ރަށްތަކަށް ކަނޑައެޅޭ ތާވަލްއަކާ އެއްގޮތްވާގޮތުގެމަތިން ސުޕަވިޜަނާއި، މޮނިޓަރިންގ ދަތުރުތައް ކުރުމާއި، ކުރެވޭ ދަތުރުތަކާ ގުޅިގެން ސިސްޓަމްތަކުގެ ހާލަތު އަންގައިދޭ ރިޕޯޓް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.

9. ފެނާއި ނަރުދަމާގެ ނިޒާމުގެ މަޝްރޫޢުތަކާ ގުޅޭގޮތުން ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވެ، ބައްދަލުވުމުގެ ޔައުމިއްޔާ ތައްޔާރުކޮށް، ކަނޑައެޅިފައިވާ މުއްދަތުގައި ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.

10. ޕްރޮޖެކްޓާ ގުޅުންހުރި މަސައްކަތްތަކުގައި ރާއްޖެއާއި ރާއްޖެއިންބޭރަށް ކުރަންޖެހޭ ދަތުރުތަކުގައި ބައިވެރިވުމާއި، ކަނޑައެޅިފައިވާ މުއްދަތުގައި ދަތުރު ރިޕޯޓް ތައްޔާރުކޮށް، ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.

11. ޔުނިޓުން ކުރިއަށްގެންދާ މަޝްރޫޢުތަކާ ގުޅިގެން ދުވަހުން ދުވަހަށް އަންނަ ސިޓީއާއި ރިޕޯޓާއި އެހެނިހެން ލިޔެކިޔުންތައް ބަލައި، އެ ލިޔެކިޔުންތަކަށް ދޭންޖެހޭ ޖަވާބެއް ނިންމައި، ސެކްޝަނުގެ މުވައްޒަފުންނާ ދުވަހުން ދުވަހަށް މަސައްކަތް ހަވާލުކުރުމާއި، ރަށްތަކުން ފޮނުވާ ޝަކުވާގެ ސިޓީތައް ބަލައި ޑިޕާޓްމަންޓުގެ އިސްވެރިޔާގެ ލަފާގެމަތިން މައްސަލަ ޙައްލުކުރުން.

12. އެއް އަހަރުން އަނެއް އަހަރަށް ތައްޔާރުކުރަންޖެހޭ ބަޖެޓާއި އަހަރީ ރިޕޯޓް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް، އެކަން ކުރުމަށް ހަވާލުވެފައިވާ މުވައްޒަފާ ކަނޑައެޅިފައިވާ ދުވަހަށް ހަވާލުކުރުމާއި، ބަޖެޓާއި އަހަރީ ރިޕޯޓް ފައިނަލްކުރުމުގައި ބޭނުންވާ ލަފައާއި އިރުޝާދު، މަސައްކަތްކުރާ މުވައްޒަފަށް ދުވަހުން ދުވަހަށް ދިނުން.

13. ދުވަހުން ދުވަހަށް ސެކްޝަނުގެ މުވައްޒަފުންގެ މަސައްކަތްތައް ބަލައި، ސުޕަވައިޒްކުރަންޖެހޭ މުވައްޒަފުންގެ ޕަރފޯމަންސް ބެލުމަށްޓަކައި އަހަރަކު 3 ފަހަރު ސުޕަވައިޒްކުރެއްވުމާއި، ސުޕަވައިޒްކުރާ މުވައްޒަފުންގެ "ވާރކްލޯޑް" ގަވާއިދުން ބެލުމާއި، ކުރެވޭ މަސައްކަތްތަކާ ގުޅިގެން ދޭންޖެހޭ ލީޑަރޝިޕާއި ގައިޑެންސް މުވައްޒަފުންނަށް ދިނުމާއި، މުވައްޒަފުންނަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމުގައި މަގުފަހިކޮށްދިނުމާއި، ދިމާވާ ފަންނީ މައްސަލަތަކާއި އެހެނިހެން މަސްއަލަތައް ޙައްލުކުރުމުގައި އެހީތެރިވެދިނުމާއި، ރަނގަޅުކުރަންޖެހޭ ކަންކަން މުވައްޒަފުންނަށް އަންގައި، މިކަމާ ގުޅޭ މަޢުލޫމާތު، ޑިޕާރޓްމަންޓުގެ އިސްވެރިޔާއަށް ދުވަހުން ދުވަހަށް ދިނުން.

14. ކަނޑައެޅިފައިވާގޮތުގެމަތިން ޔުނިޓުގެ ސްޓާފް މީޓިންގ ބާއްވާ ކޮންމެ އަހަރަކަށް ސެންކްޓަރުން ތައްޔާރުކުރެވޭ ވާރކްޕްލޭނުގައި ހިމެނިފައިވާ ހަރަކާތްތައް ހިނގާ ނުހިނގާގޮތް ގަވާއިދުން މޮނިޓަރކޮށް މަހަކު އެއްފަހަރު ޑިޕާޓްމަންޓުގެ އިސްވެރިޔާއަށް ރިޕޯޓް ހުށަހެޅުމާއި، އިޞްލާޙުކުރަންޖެހޭ ކަމެއް އޮތްނަމަ، އިސްވެރިޔާގެ ލަފާގެމަތިން އިޞްލާޙީ ފިޔަވަޅުއެޅުން.

15. މަތީގައިވާ ކަންކަމުގެ އިތުރުން، ޑިޕާޓްމަންޓުން ކުރިއަށްގެންދާ މަޝްރޫޢުތަކާބެހޭ އެހެނިހެން މަސައްކަތްތައްވެސް ކަނޑައެޅިފައިވާ މުއްދަތަށް ނިންމައި، ޒިންމާދާރުގޮތެއްގައި އެކަންކަން ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

1. އިންޖިނިއަރިންގެ ދާއިރާގައި މަސައްކަތްކޮށްފައިހުރި މިންވަރު.

2. ފެނާއި ނަރުދަމާގެ މަސައްކަތްތަކުގެ ޢިލްމު ލިބިފައިވާ މިންވަރު.

3. ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދާއި މާލިއްޔަތާބެހޭ ގަވާއިދަށް އަހުލުވެރިވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއެދު އެ އިދާރާއަކުން  އިޢުތިރާޒު ނުކުރާކަމުގެ ލިޔުން.

4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

8. ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން  ހިންގާ ކޯސްތައް ފުރިހަމަކޮށްފައި ހުށަހަޅާ ސެޓުފިކެޓުތައްވެސް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް) ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލޭނެއެވެ.

ސުންގަޑި:

2016 ޖޫން 23 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް.

އިންޓަވިއު:

- އިންޓަވިއުއާއި އިމްތިޙާންކުރުން، 26 ޖޫން 2016 އާއި 14 ޖުލައި 2016 އާ ދޭތެރޭގެ ތާރީޚެއްގައި މި މިނިސްޓްރީގައި އޮންނާނެއެވެ.

- މި  ވަޒީފާއަށް  އެދިފައިވާ  ޝަރުޠު  ހަމަވާ   ފަރާތްތަކުގެ  އަދަދު 10 އަށްވުރެ  ގިނަނަމަ،  ތަޢުލީމާއި ތަމްރީނަށް ބަލައި، 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

އިތުރު މަޢުލޫމާތު ސާފުކުރުމަށް މި މިނިސްޓްރީގެ 3018329 ނަންބަރު ފޯނަށް ނުވަތަ 3018330 ނަންބަރު ފޯނަށް ނުވަތަ 3018328 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

24 ޝަޢުބާން 1437

 

02 ޖޫން 2016
ހޯދާ