ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް :ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމު:

ސީނިޔަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

01

މުސާރަ:

މަހަކު 7,151/26 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 3,064/83 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ބިޒްނަސް ސްކޫލް

ގްރޭޑް:

5

ސްޕައިން ޕޮއިންޓް:

24

މަޤާމުގެ ޝަރުތު:

  1. އެމް.ކިޔޫ.އޭ ލެވެލް 8/7 ގެ ސެޓުފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުން، ނުވަތަ،
  2. މަސައްކަތުގެ ދާއިރާއިން އެމް.ކިޔޫ.އޭ ލެވެލް 5 ގެ ސެޓުފިކެޓަކަށްފަހު 2 އަހަރުދުވަހުގެ ތަޖުރިބާގެ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  3. މަސައްކަތުގެ ދާއިރާއިން އެމް.ކިޔޫ.އޭ ލެވެލް 4 ގެ ސެޓުފިކެޓަށްފަހު 5 އަހަރުދުވަހުގެ ތަޖުރިބާ، މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • މަޤާމުތަކުގެ ރަޖިސްޓަރީއާއި މުވައްޒަފުންގެ ރަޖިސްޓަރީ ބެލެހެއްޓުން.
  • ސިޓީ ނޯޓު ފަދަ ލިއުންތައް ތައްޔާރުކުރުން.
  • މުވައްޒަފުންނަށް އަންގަންޖެހޭ ލިއުންތައް ތައްޔާރުކޮށް އެންގުން.
  • އޮފީހުގެ ޑިއުޓީތަކަށް މުވައްޒަފުން ހަމަޖެއްސުމާއި މޮނިޓަރކުރުން.
  • މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމާބެހޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައްކުރުން.
  • އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު ހޯދައި ރިޕޯޓު ތައްޔާރުކުރުން.
  • ކޮންޓްރެކްޓްގެ ދަށުން ގެންގުޅޭ މީހުންނާއި ޕާޓްޓައިމް ޓީޗަރުންގެ އެގްރީމެންޓް ތައްޔާރުކޮށް ބެލެހެއްޓުން.
  • ބޭރުގެ ޔުނިވަރސިޓީތަކާއި އެކިއެކި ޖަމްއިއްޔާތަކާ ގުޅިގެން ހިންގާ ކޯސްތަކާއި ހަރަކާތްތަކަށް ދައްކަންޖެހޭ ފީ އާއި ޗަންދާ، ޔުނިވަރސިޓީ ފައިނޭންސް މެދުވަރިކޮށް ބަރާބަރަށް ދެއްކުން.
  • ފެކަލްޓީއާ ގުޅިފައިވާ ބޭރުގެ ޔުނިވަރސިޓީތަކާއި އެކިއެކި ޖަމްޢިއްޔާތަކާ ދެމެދު ކުރެވޭ މުޢާމަލާތްތައް ފެކަލްޓީގެ އިސްވެރިޔާގެ މަޝްވަރާގެ މަތިން ކުރަމުން ގެންދިއުން.
  • ފެކަލްޓީގެ މުވައްޒަފުންނާއި ކޯސްތަކުގައި ކިޔަވައިދެއްވާ ޕާޓް ޓައިމް މުދައްރިސުން އަދި ޔުނިވަރސިޓީގެ އެހެނިހެން ކެމްޕަސްތަކުގައި ހިންގާ ބިޒްނަސް ސްކޫލްގެ ކޯސްތަކުގައި ކިޔަވައިދެއްވާ މުދައްރިސުންގެ މުސާރަ ދިނުމަށް ބޭނުންވާ ލިޔެކިޔުންތައް ހޯދައި ތައްޔާރުކޮށް ޔުނިވަރސިޓީގެ ފައިނޭންސަށް ފޮނުވުން.
  • ހުރިހާ ސްޓާފް ރޫމް، ކްލާސްރޫމް، މީޓިންގ ރޫމުތަކުގައި ހުންނަ އަދި ގެނެވޭ ފަރުނީޗަރާއި އެހެނިހެން ތަކެތި އިންވެންޓްރީކޮށް ނަންބަރުޖަހައި ބެލެހެއްޓުން.
  • ފެކަލްޓީގެ އިމްތިޙާނުތައް ހިންގުމަށް އިދާރީގޮތުން ވާންޖެހޭ ތައްޔާރީތައް ކުރުމާއި އެކަންތައްތައް ހިންގުން.
  • މީގެ އިތުރުން އަދާކުރާ ވަޒީފާއާގުޅޭ ގޮތުން އޮފީހުގެ އިސްވެރިޔާ ހަވާލުކުރައްވާ މަސައްކަތްތައް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައި އޮންނަ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުންނާއި ތިރީގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ލިބެން ހުންނާނެއެވެ.)

 http://mnu.edu.mv/images/downloads/Job%20Application.pdf

2. ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

3. ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭ ގޮތުގެ ލިޔުމެއް.

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓު:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.

  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.

  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ. 

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:   

2016 ޖޫން 09 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ވަޒީފާގެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި، އުވާލައި މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345409 ނަންބަރު ފޯނާއެވެ.

  • އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޮނުއްވާނެ އީމެއިލަކީ [email protected] އެވެ.

02 ޖޫން 2016
ހޯދާ