އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުދިމް/ އިމާމް/ އިސް އިމާމް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

މުދިމް/ އިމާމް/ އިސް އިމާމް

ބޭނުންވާ އަދަދު:

2 (ދޭއް)

މަޤާމް އޮތް އޮފީސް:

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

ސެކްޝަން:

އިމާމު ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:

އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ

 

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- ކައުންސިލްގެ އިދާރާއިން ހަވާލުކުރާ މިސްކިތެއްގައި، ފަރުޟު ފަސްނަމާދަށް، ބަންގި ގޮވުމާއި، އިމާމުވެ ނަމާދުކުރުން.

- ކޮންމެ ނަމާދު ވަގުތެއްގެ ގަޑިޖެހުމުގެ ކުރިން މިސްކިތަށް ހާޒިރުވެ، މިސްކިތުގެ ކަންތައްތައް ބަލައި، ރަނގަޅުކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުން.

- ދުވަހު ހާޒިރީގައި ސޮއިކޮށްފައިވަނިކޮށް، ހަމަ އެދުވަހު ކަމެއް ދިމާވެގެން މިސްކިތަށް ދިއުމަށް އުޒުރުވެރިވާނަމަ، ނުވަތަ ސަލާމުގެ ޗުއްޓީގައި ހުންނަ ދުވަހެއްނަމަ، އެ ދުވަހުގެ ބާކީއޮތްބައި ފުރިހަމަކުރުމަށް، ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ކީރިތި ޤުރްއާން ކިޔަވަން ދަންނަ، އަޑުހަރުކޮށް ބަންގިގޮވޭފަދަ ޤާބިލް މީހަކާ މިސްކިތުގައި އިމާމުވެ ނަމާދުކުރަން ހަވާލުކޮށްފައި، އިދާރާއަށް އެކަން އެންގުން.

- މިސްކިތު މަސައްކަތު މީހުންގެ މަސައްކަތްތައް ސުޕަވައިޒްކުރުން.

- މިސްކިތަށް ލިބޭ ގެއްލުންތަކާއި، ދަތިވާ ކަންކަން ކައުންސިލްގެ އިދާރާއަށް ހުށަހަޅައި، އެކަންކަން ރަނގަޅުކުރުމަށް މަސައްކަތްކުރުން.

މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުން.

- ކައުންސިލްގެ އިދާރާއިން އަންގައިފިނަމަ، ކޭތަނަމާދާއި، ޢީދުނަމާދާއި، ހުކުރުނަމާދާއި، ތަރާވީޙު ނަމާދާއި، ކަށުނަމާދު، އިމާމުވެ މިސްކިތުގައި ކުރުން.

މަޤާމް

ރޭންކް

 ކްލެސިފިކޭޝަން

މުދިމު

ޖީ. އެސް. 1

އެސިސްޓެންޓް އޮފިސަރ ގްރޭޑް 1

އިމާމު

ޖީ. އެސް. 3

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ،

އޮފިސަރ ގްރޭޑް 1

އިމާމު

ޖީ. އެސް. 4

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ،

އޮފިސަރ ގްރޭޑް 2

އިމާމު

އެމް. އެސް. 1

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އިމާމު

އެމް. އެސް. 2

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

އިމާމް

އެމް. އެސް. 3

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 2

 

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ  ފައިސާއާއި،  ބަންދު  ދުވަހުގެ  ފައިސާއާއި،  މަސައްކަތަށް  ރަނގަޅުނަމަ،  ސިވިލް ސަރވިސްގެ މުވައްޒަފުންނާބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން ވަޒީފާގެ ކުރިއެރުން ދެވޭނެއެވެ. އަދި އަހަރީ ޗުއްޓީގެގޮތުގައި ކޮންމެ އަހަރަކު 30 ދުވަހާއި، އާއިލީ ޒިންމާގެ ޗުއްޓީގެގޮތުގައި 10 ދުވަސް ލިބޭނެއެވެ.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ތަޢުލީމާއި ތަމްރީނު.

2. މަސައްކަތުގެ ތަޖުރިބާ.

3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމުގެ ސިފަތައް.

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި، ޕްރެކްޓިކަލްސްއާއި، އިމްތިޙާނުކުރުން އޮންނާނެ ތާރީޚާއި ތަން:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 15 ދުވަހުގެ ތެރޭގައި، ކުރިމަތިލީ ފަރާތްތަކަށް އެންގޭނެއެވެ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ފުރިހަމަކުރަންޖެހޭ އެޕްލިކޭޝަން ފޯމު، އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ސެޓްފިކެޓްތައް  (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީ.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ)

މަޤާމަށް އެދެންވީ ތަނާއި ސުންގަޑި:

2016 ޖޫން 15 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ އަށް.

 

އިތުރު މަޢުލޫމާތު ހޯދުމަށް:

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާނަމަ، އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ  6660606 ނަންބަރު ފޯނާއި، އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ 6660545 ނަންބަރު ފޯނާއި،  މިނިސްޓްރީ  އޮފް  އިސްލާމިކް  އެފެއާޒުގެ  3020267  ނަންބަރު  ފޯނާ  ގުޅުމުން،  އިތުރު މަޢުލޫމާތު ލިބޭނެއެވެ. އީމެއިލްކުރާނީ، [email protected] އަށެވެ. ނުވަތަ [email protected] އަށެވެ.

25 ޝަޢުބާން 1437

01 ޖޫން 2016
ހޯދާ