އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

މިއިދާރާގެ މަރަދޫ އަވަށުއޮފީސް، މަރަދޫފޭދޫ އަވަށުއޮފީސް އަދި ފޭދޫ އަވަށުއޮފީހުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)426-CA/426/2016/86 (16 މޭ 2016) ގެ އިޢުލާނާ ގުޅިގެން އަންދާސީހިސާބުތައް ހުށަހަޅާފައިވާ އެންމެ ދެފަރާތަކުން ކަމަށްވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، ތިރީގައި މިދަންނަވާ ގަޑީގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

  •  މަޢުލޫމާތު ދިނުން: 09 ޖޫން 2016 ވަނަ ދުވަހުގެ 11:30 ގައި އައްޑޫސިޓީ ކައުންސިލް އިދާރާގައި
  • ޕްރޮޕޯޒަލް ބަލައިގަތުން: 14 ޖޫން 2016 ވަނަ ދުވަހުގެ 11:30 ގައި އައްޑޫސިޓީ ކައުންސިލް އިދާރާގައި

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން ކަނޑައެޅިފައިވާ ގަޑީގެ ފަހުން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

25 ޝަޢުބާން 1437

01 ޖޫން 2016
ހޯދާ