ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ހުވަދު އަތޮޅު ދެކުނުބުރީ ގޮފި ހިންގާނެ ޢިމާރާތެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ

އިޢުލާން

މި އޮފީހުގެ ހުވަދު އަތޮޅު ދެކުނުބުރީ ގޮފި ހިންގާނެ ޢިމާރާތެއް، ގދ. ތިނަދޫން ކުއްޔަށް ހިފަން ބޭނުންވެގެން ކުރެވުނު މި އޮފީހުގެ ނަންބަރު (IUL)196-C/1/2016/39 އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2016 ޖޫން 09 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މި އޮފީހުގެ ގދ. އަތޮޅު ގޮތްޕަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖޫން 15 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް އަންދާސީހިސާބު، މި އޮފީހުގެ ގދ. އަތޮޅު ގޮތްޕަށް ހުށަހެޅުއްވުން އެދެމެވެ.

މި އޮފީހުގެ ގދ ގޮފި މިހާރު ހިނގަމުންދަނީ ގދ. ތިނަދޫ / މެލަން ހައުސް ގޭގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހުގެ ނަންބަރު 3003288 ފޯނާ ގުޅުއްވުން އެދެމެވެ.

25 ޝަޢުބާން 1437

01 ޖޫން 2016
ހޯދާ