ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސެލްދަނޑުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ފުޓްސެލްދަނޑުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ސަރުކާރުގެ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ ދަށުން މިރަށުގައި ހެދުމަށް ހަމަޖެހިފައިވާ ފުޓްސެލްދަނޑުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)393/393/2015/45 (2015/11/08) ގެ އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ އަގުތައް ބޮޑުކަމަށް ފެންނާތީ، އެއިޢުލާން ބާޠިލުކޮށް، މިކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި އެމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

މިމަސައްކަތާބެހޭ މަޢުލޫމާތު ސާފުކޮށްދިނުން 16 ޖޫން 2016 ދުވަހުގެ 13:00 ގައި މިއިދާރާގައި އޮންނާނެއެވެ. އަންދާސީހިސާބުތައް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 22 ޖޫން 2016 ދުވަހުގެ 13:00 ގައި މިއިދާރާގައެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައިގަތުމަށް ހަމަޖެހިފައެއް ނުވެއެވެ. ކުންފުންޏެއް ނުވަތަ މީހެއްގެ ބަދަލުގައި ވަޑައިގަންނަވާނަމަ އެފަރާތުގެ ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6780031 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 ޝަޢުބާން 1437

29 މޭ 2016
ހޯދާ