ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ފާމަސީ އެސިސްޓެންޓެއް ބޭނުންވެއްޖެ

މަޤާމް :ފާމަސީ އެސިސްޓެންޓް
ބޭނުންވާ އަދަދު :1

ތިރީގައިވާ ފާމަސީއަށް މުވައްޒަފެއް ބޭނުންވެއްޖެ

މަޤާމު: ފާމަސީ އެސިސްޓެންޓް ގރ1  (2 އަހަރުދުވަހުގެ ކޮންޓްރެކްޓަށް)

އަދަދު: 1
އަސާސީ މުސާރަ: -/3380ރ
މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ ހދ.ހަނިމާދޫ ފާމަސީ / މެޑިކަލް ރީޖަނަލްސް ޑިޕާޓްމަންޓް

އެހެނިހެން އިނާޔަތްތައް:

* އިތުރު އެލަވަންސް: -/1500ރ އާއި -/2450ރ އާ ދެމެދުގެ އަދަދެއް ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ހަމަޖައްސައިދެވޭނެ

* އިތުރުގަޑީގައްޔާއި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ

* މަތީތަޢުލީމު ހާސިލު ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެ

* ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެ

* ޕެންޝަން

* މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)

މަޤާމުގެ މަސްއޫލިއްޔަތު

* ކަސްޓަމަރުންނަށް ތަނުން ލިބެން ހުންނަ ޚިދުމަތް ފޯރުކޮށްދިނުން

* ބިލް ހެދުން

* މުއްދަތު ހަމަވާ ބޭސްތައް ޗެކްކުރުންް

* ރެކްތަކުގައި ބޭސް އެތުރުން

* ކްރެޑިޓް ބިލް ޗެކްކުރުން

* އާސަންދައިން ދޫކުރާ ބޭސްތަކުގެ ޓްރާންސެކްޝަންތައް ބެލެހެއްޓުން

ތަޢުލީމާއި ތަޖުރިބާ

* ޖީސީއީ އޯލެވެލް ފުރިހަމަކޮށްފައިވުން

* ކޮމްޕިއުޓަރ ސްކިލްސް (ވާރޑް އެންޑް އެކްސެލް)

އެހެނިހެން ހުނަރު:

* މުޢާމަލާތުކުރުމުގެ ހުނަރު

* ގިނަ ވަގުތު މަސައްކަތުގައި އުޅުވުން.

* ޓިވެޓް އޮންލައިން ފާމަސީ ކޯސް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ސުންގަޑި:

  • މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޖޫން 07 ވަނަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑުރެހަށް ހުށަހެޅުއްވުން އެދެމެވެ.
  • އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑު އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ.

ނޯޓު:

  • ހުށަހަޅުއްވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީގައި އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާނަމަ، އިންޓަރވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާ އެކުގައެވެ.
  • މިމަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކާއި، މަސައްކަތު ތަޖުރިބާއާއި، އިންޓަރވިއުއަށް ބަލައި އެންމެ މަތިން މާކުސް ލިބޭ ފަރާތެކެވެ.
  • މުސާރަ ހަމަޖައްސާނީ ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކަށް ބަލާފައެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓުލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސްރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑުރެސް:

  • ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑުއޮފީސް
  • ބޮޑުތަކުރުފާނުމަގު، މާފަންނު، މާލެ – 20345
  • ފޯން:3344368 3344179/  ފެކުސް: 3344041، ވެބްސައިޓު: www.sto.mv
  • އީމެއިލް އެޑުރެސް: [email protected]
31 މޭ 2016
ހޯދާ