މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
އީ.އައި.އޭ ރިޕޯޓެއް ހެދުން

އިޢުލާން

މި މިނިސްޓްރީގެ ފަރާތުން ހއ. ދިއްދޫ ޤަބުރުސްތާނުގެ ވަށާފާރު އުސްކޮށް ރާނައި، ފަސްއެޅުމަށް ބޭނުންވާ ވަރަށް ރަށުގައި ވެލި ނެތުމުގެ ސަބަބުން، އިތުރަށް ބޭނުންވާ ވެލި އެރަށުގެ ފަޅުގެ ކަނޑިންމަ ސަރަހައްދުން ނެގުމަށް ހަމަޖެހިފައިވާތީ، އެ ސަރަހައްދުން ވެލި ނެގުމާ ގުޅޭގޮތުން އީ.އައި..އޭ ރިޕޯޓެއް ހަދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޖޫން 09 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖޫން 13 ވާ  ހޯމަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

‏26 ޝަޢުބާން 1437

02 ޖޫން 2016
ހޯދާ