ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ގދ. ފިޔޯރީގައި އަލަށް ޢިމާރާތްކުރެވޭ އިންޖީނުގޭގެ ނުނިމިހުރި މަސައްކަތާއި މިހާރު ހުރި އިންޖީނުގޭގެ ޢިމާރާތަށް ބަދަލުގެނައުމުގެ މަސައްކަތާ ގުޅޭ

އިޢުލާން

ގދ. ފިޔޯރީގައި އަލަށް ޢިމާރާތްކުރެވޭ އިންޖީނުގޭގެ ނުނިމިހުރި މަސައްކަތާއި މިހާރު ހުރި އިންޖީނުގޭގެ ޢިމާރާތަށް ބަދަލުގެނައުމުގެ މަސައްކަތާ ގުޅޭ:

މި ކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް ގދ. ފިޔޯރީގައި އަލަށް ޢިމާރާތްކުރެވޭ އިންޖީނުގޭގެ ނުނިމިހުރި މަސައްކަތާއި (ޑެގްރޫމެއް އެޅުން)، މިހާރު ހުރި ޢިމާރާތަށް ބަދަލު ގެނައުމުގެ މަސައްކަތްތައް މި ކުންފުނިން ދޭ ކުރެހުމާއި، ބީ.އޯ.ކިޔު އާ އެއްގޮތަށް، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: FNK-K(T)/FNK/IUL/2016/038 (07 އެޕްރީލް 2016) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގެ އަގު ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކުރުމަށްފަހު، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަލުން މި ފުރުޞަތު ހުޅުވާލަމެވެ.

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭ ބިޑް ޑޮކިއުމަންޓަކީ ވިއްކާގޮތަށް ހަމަޖެހިފައިވާ ޑޮކިއުމަންޓެއް ކަމުގައި ދަންނަވަމެވެ.

  • ބިޑް ޑޮކިއުމަންޓްގެ އަގު: -/1،000 (އެއްހާސް) ރުފިޔާ (ނޮން ރިފަންޑަބަލް)
  • ބިޑް ޑޮކިއުމަންޓް ވިއްކާ މުއްދަތު: 2016 ޖޫން 05 ން 9 ގެ ނިޔަލަށް ރަސްމީ ގަޑީގައި 10:00 ން 13:30 އަށް.
  • ފައިސާ ބަލައިގަތުން: 07 ވަނަ ފަންގިފިލާ، ޕޯޓް ކޮމްޕްލެކްސް. ފެނަކަ ކޯޕަރޭޝަން ލިމިޓެޑް. ބިޑް ޑޮކިއުމަންޓަށް ފައިސާ ދެއްކެވުމުން ހަމަ އެ ތާރީޚުގައި ބިޑް ޑޮކިއުމަންޓްގެ ޕީ.ޑީ.އެފް ލިބިވަޑައިގަންނަވާނެއެވެ.
  • މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖޫން 13 ވާ ހޯމަ ދުވަހުގެ 11:00 އަށް މި ކުންފުނީގެ ހެޑްއޮފީހަށް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މި ކުންފުނީގެ ގދ. ފިޔޯރީ ބްރާންޗަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
  • މި ބިޑްގައި ބައިވެރިވެވޭނީ ހަމައެކަނި ބިޑް ޑޮކިއުމަންޓް ގަންނަ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ. އަދި މި ބިޑުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ހަމައެކަނި ކުންފުނީގެ ގޮތުގައި ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށެވެ.  
  • ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ޖޫން 20 ވާ ހޯމަ ދުވަހުގެ 11:00 ގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައެވެ. އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑްއޮފީސް ނުވަތަ މި ކުންފުނީގެ ގދ. ފިޔޯރީ ބްރާންޗަށެވެ. މިގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  

26 ޝަޢުބާން 1437

02 ޖޫން 2016
ހޯދާ