ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ބެލްޓް ގަތުމަށް

އިޢުލާން

ބެލްޓް ގަތުމާ ގުޅޭ:

މި ކުންފުނީގެ އެކިއެކި ބްރާންޗްތަކަށް ބޭނުންވާ ބެލްޓް ގަންނަން ބޭނުންވެއެވެ.

ބިޑާ ގުޅޭ މަޢުލޫމާތުކަރުދާސް 2016 ޖޫން 05 ން 09 ގެ ނިޔަލަށް ރަސްމީ ގަޑީގައި 10:30 ން 13:30 އަށް މި ކުންފުނީގެ ހެޑްއޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށް ވަޑައިގަތުމުން ލިބިވަޑައިގަންނަވާނެއެވެ. ނުވަތަ މި ކުންފުނީގެ ޓެންޑަރ އެންޑް ފޮރިން ޕަރޗޭސް ޑިވިޜަންގެ ރަސްމީ އީމެއިލް [email protected] ނުވަތަ [email protected] އަށް ރިކުއެސްޓްކުރުމުން މަޢުލޫމާތުކަރުދާސް މެއިލްކުރެވޭނެއެވެ. މި ބިޑްގައި ބައިވެރިވެވޭނީ ހަމައެކަނި މަޢުލޫމާތުކަރުދާސް ގެންދަވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.

ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ޖޫން 16 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި ކުންފުނީގެ ހެޑްއޮފީހުގެ (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ޖަލްސާކުރާ މާލަމުގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައެވެ. މިގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މި ބިޑްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ސަރުކާރުގެ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ.

26 ޝަޢުބާން 1437

02 ޖޫން 2016
ހޯދާ