މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ބައެއް ތަކެތި ގަންނަން ބޭނުންވެއްޖެ

އިޢުލާން

ބައެއް ތަކެތި ގަންނަ ބޭނުންވެއްޖެ

މި މިނިސްޓްރީއަށް ތިރީގައި މިދަންނަވާ ތަކެތި ގަތުމަށް ބޭނުންވެއްޖެއެވެ.

03 ކޮމްޕިއުޓަރ ސިސްޓަމް

08 ލެޕްޓޮޕް

01 ޕްރިންޓަރ

01 ވައިފައި ރައުޓަރ

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2016 ޖޫން 05 ވަނަ ދުވަހުގެ 11:00 އަށް

2016 ޖޫން 08 ވަނަ ދުވަހުގެ 11:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436 ، 3341403 ނަންބަރު ފޯނާއެވެ.

02 ޖޫން 2016
ހޯދާ