ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
51 ޕްރީފެބްރިކޭޓެޑް އައު އިންޖީނުގެ ޢިމާރާތްކުރުމަށް ޝައުޤުވެރިކަން ފާޅުކުރުމާ ގުޅޭ

އިޢުލާން

51 ޕްރީފެބްރިކޭޓެޑް އައު އިންޖީނުގެ އިމާރާތްކުރުމަށް ޝައުޤުވެރިކަން ފާޅުކުރުމާ ގުޅޭ

ޕްރީފެބްރިކޭޓެޑް އައު އިންޖީނުގެ ޢިމާރާތް ކުރުމަށް ޝައުޤުވެރިކަން ފާޅުކުރުމަށް ނުވަތަ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީ.އޯ.އައި) ހުށަހެޅުމަށް 2016 އޭޕްރީލް 28 ގައި ހުޅުވާލެވުނު ފުރުޞަތުގައި ކަނޑައަޅާފައިވާ 41 ޕްރީފެބްރިކޭޓެޑް އިންޖީނުގޭގެ އިތުރަށް 10 (ދިހައެއް) އިންޖީނުގެ އެޅުމަށް ހަމަޖެހިފައިވުމާއެކު ޖުމުލަ 51 ޕްރީފެބްރިކޭޓެޑް ޕަވަރހައުސް ޢިމާރާތްކުރުމަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. މި މަސައްކަތުގެ އިތުރު ތަފުސީލު ހިމެނޭ ބިޑް ޑޮކުއިމަންޓް ބައްލަވައިގަތުމާއި އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު އެރުވޭނީ ހަމައެކަނި އީ.އޯ.އައި ހުށަހަޅާ ފަރާތްތަކަށެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިކަން ފާޅުކުރައްވާ ފާރާތްތަކުން މި ކުންފުނީގެ ޓެންޑަރ އެންޑް ފޮރިން ޕަރޗޭސް ޑިވިޜަންގެ ރަސްމީ މެއިލަށް މެއިލް ކުރުމުން ނުވަތަ މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށް ވަޑައިގަތުމުން ރަޖިސްޓަރީ ކުރެވޭނެއެވެ. ރަޖިސްޓަރީ ކުރުމުގެ ފަހު ތާރީޚަކީ 2016 ޖޫން 16 ވާ ބުރާސްފަތި ދުވަހެވެ. އަދި ދަންނަވަމެވެ. 41 ޕްރީފެބްރިކޭޓެޑް ޕަވަރހައުސް ޢިމާރާތްކުރުމަށް ޝައުޤުވެރިކަން ފާޅުކުރައްވައި ރަޖީސްޓަރީ ކުރެއްވި ބޭފުޅުންގެ ތެރެއިން ނަން އަނބުރާ ގެންދަވަން ބޭނުންފުޅުވާ ފަރާތްތަކުން 2016 ޖޫން 16 ވާ ބުރާސްފަތި ދުވަހުގެ ކުރިން މި ކުންފުންޏަށް ސިޓީއަކުން ނުވަތަ އީމެއިލުން އެންގެވުން އެދެމެވެ. މެއިލް ކުރައްވާނީ [email protected] ނުވަތަ [email protected] އަށެވެ.

26 ޝަޢުބާން 1437

02 ޖޫން 2016
ހޯދާ