މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ކޯޕަރޭޓް ސަރވިސަސް މެނޭޖަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ކޯޕަރޭޓް ސަރވިސަސް މެނޭޖަރ

މަޤާމް:

ކޯޕަރޭޓް ސަރވިސަސް މެނޭޖަރުގެ މައިގަނޑު މަސްއޫލިއްޔަތުތަކަކީ، ކުންފުނީގެ އެޗް.އާރް ޑިޕާޓްމަންޓާއި، އެޑްމިން ޑިޕާޓްމަންޓާއި، އައި.ޓީ ޑިޕާޓްމަންޓުގެ މަސައްކަތްތައް ބެލެހެއްޓުމެވެ. މި ޑިޕާޓްމެންޓްތަކުގެ އިދާރީ މަސައްކަތްތަށް ފުރިހަމައަށް ހިންގުމުގެ އިތުރުން، ދުވަހުން ދުވަހަށް ބަލަހައްޓަންޖެހޭ އެޗް.އާރްގެ ހަރަކާތްތައް، ދިވެހިރާއްޖޭގެ ވަޒީފާގެ ޤާނޫނާއި އެއްގޮތްވާގޮތުގެމަތިން ކުރުން ހިމެނެއެވެ. އަދި ކުންފުނީގެ މަޤްޞަދުތައް ހާސިލުކުރުމުގެގޮތުން ކުންފުނީގެ ވަސީލަތްތަކުގެ ބޭނުން އެންމެ އެކަށީގެންވާގޮތުގެމަތިން ހިފުމާއި، ދުވަހުން ދުވަހަށް އޮފީސް ހިންގުމަށްޓަކައި ބޭނުންވާ ކަންތައްތައް ފުރިހަމަކުރުމާއި އައި.ޓީގެ ޚިދުމަތްތަކާއި، ފްރަންޓް-ޑެސްކް ކޯޑިނޭޓްކުރުންވެސް ހިމެނެއެވެ.

 

ކޯޕަރޭޓް ސަރވިސަސް މެނޭޖަރުގެ މައިގަނޑު މަސްއޫލިއްޔަތު:

މެނޭޖަރ

ކްލެސިފިކޭޝަން:

މަހަކު -/15،200 ރުފިޔާާއާއި -/17،900 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

މުސާރަ:

- ލިވިންގ އެލަވަންސް: މަހަކު -/4،000 ރުފިޔާ ރުފިޔާ

- އެޓެންޑަންސް އެލަވަންސް: މަހަކު -/3،000 ރުފިޔާ

- އެގްޒެކެޓިވް ރެސްޕޮންސިބިލިޓީ އެލަވަންސް: މަހަކު -/5،000 ރުފިޔާ

 

އެހެނިހެން ޢިނާޔަތްތައް:

1 (އެކެއް)

ބޭނުންވާ އަދަދު:

ކޯޕަރޭޓް މެނޭޖްމަންޓް ޑިޕާޓްމެންޓް

ބޭނުންވާ ސެކްޝަން:

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން، މާލެ

މަސައްކަތްކުރަންޖެހޭ ތަނާއި ރަށް:

- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ބެޗަލަރސް ޑިގްރީ ނުވަތަ އެފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، މެނޭޖްމެންޓާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން އެޑްވާންސްޑް ޑިޕްލޮމާއެއް ނުވަތަ އެފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، މެނޭޖްމަންޓުގެ ދާއިރާއިން މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ސަރުކާރުގެ ވަޒީފާއެއްގެ އެމް. އެސް، 3 ގެ ލެވެލެއްގައި މަދުވެގެން 3 އަހަރުދުވަހު މަސައްކަތްކޮށްފައިވުން.

 

 

މަޤާމުގެ ޝަރުޠުތައް:

- ކުންފުނީގެ ޕާރސޮނެލް ޕޮލިސީ އެންޑް ޕްރޮސީޖަރސް ތައްޔާރުކޮށް ނަގަހައްޓައި، މުވައްޒަފުންގެ އަތްމަތީފޮތް ތައްޔާރުކުރުން.

- މުވައްޒަފުންގެ އެޕްރެއިޒަލް ކުރިއަށްގެންދާނެ އުސޫލު ކަނޑައަޅައި، މުވައްޒަފުންގެ އިންޑަކްޝަނާއި ޓްރެއިނިންގ ކުރިއަށްގެންދިއުމާއި، ކުންފުނީގެ މުވައްޒަފުންނާ ގުޅުންހުރި ސިޔާސަތުތަކަށް އަންނަ ބަދަލުތައް އެކަށީގެންވާގޮތެއްގެމަތިން މުވައްޒަފުންނާ ހިއްސާކުރުން.

- ދިވެހިރާއްޖޭގެ ވަޒީފާގެ ޤާނޫނާ އެއްގޮތްވާގޮތުގެމަތިން މުވައްޒަފުންނާ ގުޅުންހުރި މަސައްކަތްތައް ކުރިޔަށްގެންދިއުން.

- އެޗް.އާރް ރެކޯޑް ބެލެހެއްޓުމާއި، އައު މުވައްޒަފުންގެ އެޗް.އާރާއި އިދާރީ ކަންތައްތައް ހަމަޖެއްސުން.

- ކުންފުނީގެ ކުއާރޓަރލީ ރިޕޯޓާއި އަހަރީ ހިއުމަން ރިސޯސް ރިޕޯޓު ތައްޔާރުކުރުން.

- އައު މުވައްޒަފުން ނެގުމުގައި އެހީތެރިވުމާއި، އައު މުވައްޒަފުންނަށް އޮރިއެންޓޭޝަން ހިންގުން.

- ކުންފުނީގެ ހިއުމަން އެސެޓްސް ޑެވެލޮޕްކުރުމުގައި ސްޓްރެޓީޖިކް ރޯލެއް އަދާކުރުން.

- މުވައްޒަފުން ނެގުމާއި، މުސާރައިގެ އޮނިގަނޑު ބެލެހެއްޓުމާއި، މުސާރައިގެ އޮނިގަނޑަށް ގެންނަން ފެންނަ ބަދަލުތައް މެނޭޖްމަންޓާ ހިއްސާކުރުން.

- މުވައްޒަފުންގެ ބެނިފިޓްސް ޕްރޮގްރާމެއް ތައްޔާރުކޮށް މެނޭޖްމަންޓާ ހިއްސާކުރުން.

- އިދާރީގޮތުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ލިބިދޭނެ މަގުފަހިކޮށްދިނުން.

- ފްރަންޓް ޑެސްކާއި، އައި.ޓީ ޑިޕާޓްމަންޓުގެ މަސައްކަތްތައް ސުޕަވައިޒްކުރުން.

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

މި މަޤާމަށް ހޮވޭ ފަރާތްތަކަށް، އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. އަދި މަސައްކަތާ ގުޅޭގޮތުން ހަމަޖެހިފައިވާ އުސޫލުން އިތުރު ޢިނާޔަތްތައް ލިބޭނެއެވެ.

އިތުރު ޢިނާޔަތްތައް:

މި މަޤާމަށް ކުރިމަތިލާ، މަޤާމުގެ ޝަރުޠު ހަމަވާ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއުއާއި އިމްތިޙާންކުރުން، މި އިޢުލާނުގެ މުއްދަތު ހަމަވާތާ ދެ ހަފްތާގެ ތެރޭގައި މާލޭގައި އޮންނާނެއެވެ.

އިންޓަވިއުކުރުމާއި، އިމްތިޙާން ކުރުން:

- ވަޒީފާގެ ދާއިރާގެ މަސައްކަތްތަކުގެ ހުނަރާއި މަޢުލޫމާތު ލިބިފައިވާ މިންވަރު.

- މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު.

- ގަޑިޔަށް ފަރުވާތެރިކޮށްހިތުން.

- އޯގަނައިޒޭޝަނަލް ސްކިލްސް.

- ފަންނީ ޤާބިލްކަން ހުރި މިންވަރު.

 

 

މީހުން ހޮވުމުގައި ބަލާނެ ކަންކަން:

1. ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، މި އިޢުލާނާއެކުގައިވާ ލިންކުން ޑައުންލޯޑްކުރެވޭނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (ސެޓްފިކެޓެއްނަމަ އެކްރެޑިޓްކޮށްފައިވުން)

3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4. ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއެއް.

5. ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

2016 ޖޫން 9 ވާ ބުރާސްފަތިދުވަހު 15:00 ގެ ކުރިން، ބަންދުކޮށްފައިވާ ސިޓީއުރައެއްގައި، މެނޭޖިންގ ޑިރެކްޓަރަށް އެޑްރެސްކޮށް، ގަލޮޅު ދަނޑުގެ އެކޮމޮޑޭޝަން ބްލޮކަށް ހުށަހެޅުން އެދެމެވެ. އީމެއިލުން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން [email protected] އަށް އީމެއިލްކުރުން އެދެމެވެ

ސުންގަޑި:

މަޢުލޫމާތު ހޯދުމަށް ގުޅާނީ، 7826050 ނަންބަރު ފޯނަށެވެ. ގުޅާނީ، ހެނދުނު 8:00 އާއި ހަވީރު 4:00 އާ ދެމެދުގައެވެ.

އިތުރު މަޢުލޫމާތު:

24 ޝަޢުބާން 1437

01 ޖޫން 2016
ހޯދާ