މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އެމްޓީސީސީގެ ފެރީ ނިޒާމުގައި ބޭނުން ކުރުމަށް ފެރީ ކުއްޔަށްހިފުން

އިޢުލާން

އެމްޓީސީސީގެ ފެރީ ނިޒާމުގެ މިދަންނަވާ ޒޯންތަކަށް ޕަސިންޖަރުން އުފުލާނެ ފެރީ ކުއްޔަށްހިފަން ބޭނުންވެއެވެ.

  1. ޒޯން 1 (ހއ. ހދ. ށ) 9 ފެރީ

  2. ޒޯން 2 (ނ. ރ. ބ. ޅ) 7 ފެރީ

  3. ޒޯން 6 (ގއ. ގދ)  3 ފެރީ

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖޫން 05 ވަނަ ދުވަހުގެ 13:00 އަށް، އެމްޓީސީސީ ހެޑްއޮފީހުގެ 7 ވަނަ ފަންގިފިލާ (ބޯޑް މީޓިން ރޫމް) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 2016 ޖޫން 12 ވަނަ ދުވަހުގެ 13:00 އަށް އަންދާސީހިސާބު ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.

01 ޖޫން 2016
ހޯދާ