ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމެއް ޤާއިމުކުރުމަށް އެކްސްޕްރެޝަން އޮފް އިންޓްރަސްޓް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

އެކްސްޕްރެޝަން އޮފް އިންޓްރަސްޓް ހުށަހެޅުމުގެ ފުރުޞަތު:

ލ. ގަމަކީ ބިންބޮޑު ދަތުރުފަތުރުގެ ޚަރަދު ބޮޑު ރަށަކަށްވުމުން އާންމު ރައްޔިތުން އުފުލަންޖެހޭ މާލީ ތަކުލީފު ކުޑަކުރުމަށް، ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމެއް ޤާއިމުކުރުމަށް މި ކައުންސިލުން ނިންމައި ކުރި ނަންބަރު (IUL)399-EDS/399/2016/66 (12 މޭ 2016) އިޢުލާނާ ގުޅިގެން އެކްސްޕްރެޝަން އޮފް އިންޓްރަސްޓް ހުށަހެޅި ފަރާތްތަކުގެ އަދަދު މަދުކަމަށް ފެންނާތީ، އަލުން އެކްސްޕްރެޝަން އޮފް އިންޓްރަސްޓް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.  

ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމުގައި ހިމެނޭނެ ކަމަށް ބެލެވޭ ބައިތަކަކީ:

  • ބަސް ސްޓޮޕްތައް ޤާއިމުކުރުން.
  • ބަސް ހޯދުން.
  • ބަސްޑިޕޯ ޤާއިމުކުރުން.

ޕަބްލިކް ޓްރާންސްޕޯޓް ޤާއިމުކޮށްދޭ ފަރާތަކަށް ލިބިދެވޭނެ ޢިނާޔަތް:

  • އިންވެސްޓްމަންޓް ކަވަރުކުރުމަށް ވިޔަފާރިކުރުމުގެ ގޮތުން ބިމެއް ދޫކުރެވޭނެއެވެ.

ޕްރީބިޑް މީޓިންގ:

އެކްސްޕްރެޝަން އޮފް އިންޓްރަސްޓް ހުށަހަޅާ ފަރާތްތަކަށް މަޢުލޫމާތުދިނުމަށް ބާއްވާ ޕްރީބިޑް މީޓިންގ އޮންނާނީ 2016 ޖޫން 12 ވާ އާދީއްތަ ދުވަހުގެ 13:00 ގައެވެ.

ހުށަހަޅަންވީ ތަކެތި:

  • އެކްސްޕްރެޝަން އޮފް އިންޓްރަސްޓް ސިޓީ.
  • ކުންފުންޏެއްނަމަ، ކުންފުނީގެ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ.
  • ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ.
  • އަދި މިކަމާ ގުޅޭގޮތުން މުޢާމަލާތްކުރާނެ ފަރާތެއްގެ ފުރިހަމަ ނަމާއި މަޤާމާއި ނަންބަރު
  • އަމިއްލަ ފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

އެކްސްޕްރެޝަން އޮފް އިންޓްރަސްޓް ހުށަހަޅާނީ 2016 ޖޫން 08 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ލ. ގަމު ކައުންސިލުގެ އިދާރާއަށެވެ. އީމެއިލްގެ ޒަރީޢާއިންނަމަ، އީމެއިލް ކުރައްވާނީ [email protected] އަށެވެ. ގަޑިޖެހިގެން ހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަނެވޭނެއެވެ.

އެކްސްޕްރެޝަން އޮފް އިންޓްރަސްޓް ހުށަހަޅާ ފަރާތްތަކަށް ބާއްވާ ޕްރީބިޑް މީޓިންގަށްފަހު އެފަރާތްތަކަށް ޑީޓެއިލް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުޞަތުދެވޭނެއެވެ.

19 ޝަޢުބާން 1437

26 މޭ 2016
ހޯދާ