މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ކޯޕަރޭޓް ފައިނޭންސް މެނޭޖަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ކޯޕަރޭޓް ފައިނޭންސް މެނޭޖަރ

މަޤާމް:

ކޯޕަރޭޓް ފައިނޭންސް މެނޭޖަރުގެ މައިގަނޑު މަސްއޫލިއްޔަތަކީ، ކުންފުނީގެ ކެޕިޓަލް އިތުރުކޮށް، ވިޔަފާރީގެ ފުރުޞަތު ތަނަވަސްކޮށް، ވިޔަފާރީގެ މުޢާމަލާތްތައް އެކިއެކި ސްޓޭކްހޯލްޑަރުންނާއެކު ހިންގައި، ކުންފުނީގެ ކެޕިޓަލް އިންވެސްޓްކޮށް، ކުންފުނީގެ  ކެޕިޓަލް  ހަރުދަނާކޮށް  އިތުރުކުރުމުގެގޮތުން  ކުންފުންޏަށް  ފެސިލިޓީޒް  ގަނެ ވިއްކޭނެފަދަ  ނިޒާމެއް އެކުލަވައިލުމެވެ. މި މަޤާމުގެ މައިގަނޑު މަޤްޞަދެއްގެގޮތުގައި ކުންފުނީގެ ފައިނޭންޝަލް ޑިރެކްޝަނާ ގުޅޭގޮތުން މެނޭޖްމަންޓަށް ލަފާއެރުވުމާއި، ފައިނޭންޝަލް ސްޓްރެޓީޖިކް ޕްލޭނެއް އެކުލަވައިލުން ހިމެނެއެވެ.

 

ކޯޕަރޭޓް ފައިނޭންސް މެނޭޖަރުގެ މައިގަނޑު މަސްއޫލިއްޔަތު:

މެނޭޖަރ

މަޤާމުގެ ކްލެސިފިކޭޝަން:

މަހަކު -/15،200 ރުފިޔާއާއި -/17،900 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

މުސާރަ:

- ލިވިންގ އެލަވަންސް: މަހަކު -/4،000 ރުފިޔާ

- އެޓެންޑަންސް އެލަވަންސް: މަހަކު -/3،000 ރުފިޔާ

- އެގްޒެކެޓިވް ރެސްޕޮންސިބިލިޓީ އެލަވަންސް: މަހަކު -/5،000 ރުފިޔާ

 

އެހެނިހެން ޢިނާޔަތްތައް:

1 (އެކެއް)

ބޭނުންވާ އަދަދު:

ފައިނޭންސް ޑިޕާޓްމެންޓް

ބޭނުންވާ ސެކްޝަން:

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން، މާލެ

މަސައްކަތްކުރަންޖެހޭ ތަނާއި ރަށް:

- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ބެޗަލަރސް ޑިގްރީ ނުވަތަ އެފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، މެނޭޖްމެންޓާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން އެޑްވާންސްޑް ޑިޕްލޮމާއެއް ނުވަތަ އެފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، މެނޭޖްމެންޓުގެ ދާއިރާއިން މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ސަރުކާރުގެ ވަޒީފާއެއްގެ އެމް. އެސް. 3 ގެ ލެވެލެއްގައި މަދުވެގެން 3 އަހަރުދުވަހު މަސައްކަތްކޮށްފައިވުން.

 

 

މަޤާމުގެ ޝަރުޠުތައް:

- ކުންފުނީގެ ފައިނޭންޝަލް ސްޓްރެޓީޖިކް ޕްލޭނެއް އެކުލަވައިލައި، އެއާ އެއްގޮތްވާގޮތުގެމަތިން ކުންފުނީގެ ފައިނޭންސް (އާމްދަނީ) ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށްގެންދިއުން.

- ކުންފުނީގެ ކެޕިޓަލް އިތުރުކޮށް، ޓާގެޓްތައް ހާސިލުކުރާނެ ގޮތްތަކަކާމެދު ލަފާއެރުވުން.

- ކުންފުނިން ކުރާނެ އިންވެސްޓްމެންޓްތަކާއި، ގެންގުޅެން އެންމެ ރަނގަޅު އުކުޅުތަކާ ގުޅޭގޮތުން މެނޭޖްމަންޓަށް ލަފާއެރުވުމާއި، ކުންފުނިން ހިންގާ މަޝްރޫޢުތަކުގެ ޚަރަދު ބެލެހެއްޓުން.

- ފައިނޭންޝަލް މޮޑެލިންގ ބޭނުންކޮށްގެން ކުންފުނީގެ ކޭޝް ފްލޯ ފޯކާސްޓް ތައްޔާރުކުރުން.

- ވިޔަފާރީގެ މަރުޙަލާގައި ހިގާ މަޝްވަރާތަކުގައި ލަފާދިނުމާއި، ވިޔަފާރިކުރާނެ ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާކުރުން.

- ފައިނޭންސް ޑިޕާޓްމަންޓާ ގުޅުންހުރި ލީގަލް ލިޔެކިއުންތަކާއި، ޕްރޮސްޕެކްޓަސް ތައްޔާރުކުރުން.

- ފައިނޭންޝަލް ރިސްކްސްއާއި ރިޓާން ޕްރެޑިކްޓްކުރުން.

- ބިޑް ޕްރޮޕޯސަލް ތައްޔާރުކުރުމަށް ލަފާދިނުން.

- އޮޑިޓް މަސައްކަތް ރާވައި ހިންގުން.

- ފައިނޭންސް ސެކްޝަނުގެ މުވައްޒަފުންނަށް ތަމްރީން ޕްރޮގްރާމްތައް ރާވައި ހިންގުން.

- ބޭންކުގެ މުޢާމަލާތްތައް މޮނީޓަރކުރުން.

- ކުންފުނީގެ ފައިނޭންޝަލް ރިޕޯޓުތައް، ކަނޑައެޅިފައިވާ އުސޫލުގެމަތިން ތައްޔާރުކުރުން.

- މުސާރައާއި ކުންފުނީގެ މަހުންމަހަށް ކުރާ ޚަރަދުތައް ބެލެހެއްޓުން.

- ކުންފުނިން ހިންގާ މަޝްރޫޢުތަކަށް ބޭނުންވާނޭ ފައިނޭންސް ހޯދުމުގައި ސަރުކާރާއި ބޭންކްތަކާއި އެހެނިހެން ފައިނޭންޝަލް އިނސްޓިޓިއުޓްތަކާ ގުޅިގެން މަސައްކަތްކުރުން.

- މާލިއްޔަތު ޤާނޫނާ އެއްގޮތްވާގޮތުގެމަތިން ކަންކަން ކުރުމަށް ކަމާބެހޭ މުވައްޒަފުންނަށް މަޢުލޫމާތު ދިނުން.

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

މި މަޤާމަށް ހޮވޭ ފަރާތްތަކަށް، އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. އަދި މަސައްކަތާ ގުޅޭގޮތުން ހަމަޖެހިފައިވާ އުސޫލުން އިތުރު ޢިނާޔަތްތައް ލިބޭނެއެވެ.

އިތުރު ޢިނާޔަތްތައް:

މި މަޤާމަށް ކުރިމަތިލާ، މަޤާމުގެ ޝަރުޠު ހަމަވާ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއުއާއި އިމްތިޙާންކުރުން، އިޢުލާނަށް މުއްދަތު ހަމަވާތާ ދެ ހަފްތާގެ ތެރޭގައި މާލޭގައި އޮންނާނެއެވެ.

އިންޓަވިއުކުރުމާއި، އިމްތިޙާން ކުރުން:

- ވަޒީފާގެ ދާއިރާގެ މަސައްކަތްތަކުގެ ހުނަރާއި މަޢުލޫމާތު ލިބިފައިވާ މިންވަރު.

- މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު.

- ފަންނީ ޤާބިލްކަން ހުރި މިންވަރު.

މީހުން ހޮވުމުގައި ބާލާނެ ކަންތައްތައް:

- ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، މި އިޢުލާނާއެކުގައިވާ ލިންކުން ޑައުންލޯޑު ކުރެވޭނެއެވެ.)

- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (ސެޓްފިކެޓެއްނަމަ އެކްރެޑިޓްކޮށްފައިވުން)

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއެއް.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

2016 ޖޫން 9 ވާ ބުރާސްފަތިދުވަހު 15:00 ގެ ކުރިން، ބަންދުކޮށްފައިވާ ސިޓީއުރައެއްގައި، މެނޭޖިންގ ޑިރެކްޓަރަށް އެޑްރެސްކޮށް، ގަލޮޅު ދަނޑުގެ އެކޮމޮޑޭޝަން ބްލޮކަށް ހުށަހެޅުން އެދެމެވެ. އީމެއިލުން ތަކެތި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، [email protected] އަށް އީމެއިލްކުރުން އެދެމެވެ.

ސުންގަޑި:

މަޢުލޫމާތު ހޯދުމަށް  ގުޅާނީ، 7826050 ނަންބަރު ފޯނަށެވެ. ގުޅާނީ، ހެނދުނު 8:00 އާއި ހަވީރު 4:00 އާ ދެމެދުގައެވެ.

އިތުރު މަޢުލޫމާތު:

24 ޝަޢުބާން 1437

01 ޖޫން 2016
ހޯދާ