މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ހިނގާފައި އުޅޭ މަގެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޝަހީދު ޢަލީ ހިނގުން ލޭންޑްސްކޭޕް ކުރުމަށް އަންދާސީހިސާބު ހުށަހެޅުން

އިޢުލާން

ހިނގާފައި އުޅޭ މަގެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޝަހީދު ޢަލީ ހިނގުމުގެ ލޭންޑްސްކޭޕިންގެ މަސައްކަތް މި މިނިސްޓްރީއިން ދޭ ކުރެހުމާ އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ވާހަކަވެސް މި ފުރުސަތުގައި ދަންނަވަމެވެ.

މަޢުލޫމާތު ދިނުން

2016 ޖޫން 12 ވާ ދުވަހުގެ 11:00 އިން 12:00 އަށް

ޕްރީބިޑް މީޓިންގ

2016  ޖޫން 15 ވާ ދުވަހުގެ 11:00 އަށް

ބިޑް ހުޅުންވުން

2016  ޖޫން 19 ވާ ދުވަހުގެ 11:00 އަށް

އިތުރު މަޢުލޫމާތު ހޯއްދެވުމަށް

ފޯނު: 3004300  /  3004120

ފެކްސް: 3004301

 

01 ޖޫން 2016
ހޯދާ