މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ރިނބުދޫ ޞިއްޙީމަރުކަޒު މަރާމާތުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

ރިނބުދޫ ޞިއްޙީ މަރުކަޒު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)23-AP/1/2016/50 (03 މޭ 2016) އިޢުލާނަށް އެކަށީގެންވާ ވަރަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގެންފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2016 ޖޫން 14 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ނުވަތަ ދ.ކުޑަހުވަދޫ އަތޮޅު ހޮސްޕިޓަލަށް ނުވަތަ ދ.ރިނބުދޫ ޞިއްޙީ މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖޫން 21 ވާ އަންގާރަ ދުވަހު ހެނދުނު 11:00 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ނުވަތަ ދ.ކުޑަހުވަދޫ އަތޮޅު ހޮސްޕިޓަލަށް ނުވަތަ ދ.ރިނބުދޫ ޞިއްޙީ މަރުކަޒަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

25 ޝަޢުބާން 1437 
01 ޖޫން 2016
ހޯދާ