އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އޮފިސަރ – ކަސްޓަމަރ ސަރވިސް ސެންޓަރ

ވަޒީފާގެ ފުރުޞަތު

މަޤާމު: އެސިސްޓެންޓް އޮފިސަރ

ޑިޕާޓްމަންޓް: ކަސްޓަމަރ ސަރވިސް ސެންޓަރ

މަޤާމުގެ ޝަރުޠު:

-  ޝިފްޓް ޑިއުޓީގެ މަސައްކަތް ކުރުމާއި އަދި ރޭގަނޑު ޑިއުޓީގައި މަސައްކަތް ކުރެވޭނެ ފަދަ މީހަކަށްވުން

-  ޖީ.ސީ.އީ އޯލެވެލްގެ 5 މާއްދާއިން ނުވަތަ ޖީ.ސީ.އީ އޭލެވެލްގެ 2 މާއްދާއިން "ސީ" އަށް ވުރެ މަތިން ފާސްވެފައިވުން

-  އަދާކޮށްފައިވާ ވަޒީފާތަކާއި އަދި މަސައްކަތުގެ ތަޖުރިބާއަށް ޚާއްޞަ ސަމާލުކަމެއް ދެވޭނެ.

-  މައިކްރޯސްފްޓް އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުމާއި އަދި މަސައްކަތާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމުގެ ޤާބިލުކަން ހުރުން

-  އިނގިރޭސި ބަހާއި ދިވެހި ބަހުން މުޢާމަލާތްކުރުމުގެ ފެންވަރު ހުރުމާއި، ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު ހުރުން

-  ޓީމަކާއެކު ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން

-  ރަސްމީ ދަތުރުތަކުގައި ރާއްޖެއާއި ރާއްޖެއިން ބޭރަށް ދިޔުމުގައި ހުރަހެއް ނެތުން

-  ހޭލުންތެރިކުރުމުގެ ޕޮރްގްރާމުތަކާއި އެހެނިހެން ކެމްޕޭނުތަކުގައި ރާއްޖެތެރެއަށް ދަތުރުކުރުމުގައި ހުރަހެއް ނެތުން

ވަޒީފާގެ ޒިންމާތައް:

-  ޚިދުމަތް ހޯދުމަށް ހުށަހަޅާ ފަރާތްތައް ރަޖިސްޓަރީ ކުރުމާއި އަދި ހަމަޖެހިފައިވާ އުސޫލުން ޚިދުމަތްދިނުން

-  ހުށަހެޅޭ ކޭސްތަކާ ގުޅިގެން "ހުސްނުވާ އާސަންދަ" ސްކީމްގެ ދަށުން އެމްޕެނަލްވެފައިވާ ހޮސްޕިޓަލްތަކާއެކު މަޝްވަރާކުރުމާއި ހުއްދަ ހޯދުމާއި އަދި ފަރުވާލިބޭނެ ކަމުގެ ލިޔުން ހަވާލުކުރުން

-  ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ކުރެވޭ މަސައްކަތުގެ ފުރިހަމަ މަޢުލޫމާތު ލިބިފައި ހުރުމާއި، ލިބިފައިވާ މަޢުލޫމާތުގެ އަލީގައި ގޮތް ނިންމުން

-  ހުސްނުވާ އާސަންދަ ސްކީމުގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާ ހޯދާ ފަރާތްތަކަށް ދިމާވާ މައްސަލަތައް، ރާއްޖެއިން ބޭރުގައި ތިއްބަވާ ކުންފުނީގެ މުވައްޒަފުންނާ ގުޅިގެން ހައްލުކުރުން

-  ޓެލެފޯނުގެ ޒަރީޢާއިންނާއި މެއިލް މެދުވެރިކޮށް ކޭސްތަކާ ބެހޭގޮތުން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު ދިނުމާއި، އިތުރު މައްސަލައެއް އޮތްނަމަ، މައްސަލައިގެ ތަފުސީލު ހޯދުމާއި ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ދިނުން

-  އިމަޖެންސީގައި ބަލިމީހާ އެއްތަނުން އަނެއްތަނަށް އުފުލުމަށް ބޭނުންވާ އިންތިޒާމުތައް މެޑިކަލް ޓީމާއި، އޭވިއޭޝަން އޮފީސް އަދި ސީ-އެމްބިޔުލަންސް މެދުވެރިކޮށް ހަމަޖެއްސުން

-  ކުންފުނީގެ މަސައްކަތާ ގުޅިގެން ރާއްޖެއިން ބޭރަށް ދަތުރުކޮށް ކުރަންޖެހޭ މަސައްކަތްތައް ކުރުން

މުސާރައާއި ޢިނާޔަތް : ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން

ކުރިމަތިލުމުގެ ސުންގަޑި: 2016 ޖޫން 08 ވަނަ ދުވަހު މެންދުރު 12:00 ގެ ކުރިން

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ފޮނުވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

  • ވަޒީފާއަށް އެދޭ ފޯމު.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ސީވީ.
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން

ވަޒީފާއަށް  އެދޭ ފޯމު ޑައުންލޯޑްކުރުމަށް:

http://aasandha.mv/wp-content/uploads/2016/04/Job-Application-Form-Aasandha-Dhivehi1.pdf

http://aasandha.mv/wp-content/uploads/2015/09/Job-Application-Form-Aasandha-English.pdf

ޚާއްޞަ ސަމާލުކަމަށް:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއްނުގަނަވޭނެއެވެ.

އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

01 ޖޫން 2016
ހޯދާ