މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކ.ގުޅީ ޞިއްޙީ މަރުކަޒު މަރާމާތުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

ކ.ގުޅީ ޞިއްޙީ މަރުކަޒު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)23-AP/1/2016/52 (11 މޭ 2016) އިޢުލާނަށް އެކަށީގެންވާ ވަރަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގެންފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް މި ފުރުޞަތު އަލުން ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖޫން 15 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ނުވަތަ ކ.ގުޅީ ޞިއްޙީ މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖޫން 22 ވާ ބުދަ ދުވަހު ހެނދުނު 11:00 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ނުވަތަ ކ.ގުޅީ ޞިއްޙީ މަރުކަޒަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

25 ޝަޢުބާން 1437
01 ޖޫން 2016
ހޯދާ