މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އައްޑޫސިޓީ ހުޅުދޫ / މީދޫގައި ޢިމާރާތްކުރެވޭ 48 ފްލެޓްގެ ތެރެއިން، 38 ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

އައްޑޫސިޓީ ހުޅުދޫ / މީދޫގައި ޢިމާރާތްކުރެވޭ 48 ފްލެޓްގެ ތެރެއިން، 38 ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން އައްޑޫސިޓީ ހުޅުދޫ / މީދޫ އަވަށުގައި ޢިމާރާތްކުރެވޭ 48 ފްލެޓްގެ ތެރެއިން، ހުޅުދޫ / މީދޫ އަވަށުގެ ރައްޔިތުންނަށް ޚާއްޞަކުރެވިގެން ހުޅުވާލެވޭ 38 ފްލެޓުން، ފްލެޓަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވި، ފްލެޓަށް އެދޭ ފޯމު 05 ޖޫން 2016 ން ފެށިގެން ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް ޑިޕާޓްމަންޓް، އައްޑޫސިޓީ ހުޅުމީދޫ ސެކްޝަންގެ އޮފީހުން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މި ފޯމު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ ވެބްސައިޓް www.housing.gov.mv އިން ލިބެން ހުންނާނެއެވެ. ފްލެޓަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2016 ޖުލައި 10 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް ޑިޕާޓްމަންޓް، އައްޑޫސިޓީ ހުޅުމީދޫ ސެކްޝަންގެ އޮފީހުންނެވެ. މި ފްލެޓްތައް ދޫކުރުމަށް ހަމަޖެހިފައިވާ އުސޫލާއި ޝަރުޠު އާންމުކޮށް އިޢުލާންކުރީމެވެ.

31 މޭ 2016
ހޯދާ