މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އެޗްއާރް އެންޑް އެޑްމިން އޮފިސަރ

އެޗްއާރް އެންޑް އެޑްމިން އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުސަތު

އެޗްއާރް އެންޑް އެޑްމިން އޮފިސަރ

މަޤާމު

އޮފިސަރ

ކްލެސިފިކޭޝަން

މަހަކު -/6000 އާއި -/8500 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

މުސާރަ

- ލިވިންގ އެލަވަންސް: މަހަކު -/3000 ރުފިޔާ

- އެޓެންޑަންސް އެލަވަންސް: މަހަކު -/3000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް

1 (އެކެއް)

ބޭނުންވާ އަދަދު

ކޯޕަރޭޓް މެނޭޖްމަންޓް ޑިޕާޓްމަންޓް

ބޭނުންވާ ސެކްޝަން

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން، މާލެ

މަސައްކަތްކުރަންޖެހޭ ތަނާއި ރަށް

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާއެއް ނުވަތަ އެފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުން، އަދި އެޗް.އާރް އެންޑް އެޑްމިންގެ ދާއިރާއިން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ސެޓްފިކެޓް ލެވެލްގެ ސަނަދެއް ނުވަތަ އެފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުން، އަދި އެޗް.އާރް އެންޑް އެޑްމިންގެ ދާއިރާއިން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • ސަރުކާރުގެ ވަޒީފާއެއްގެ އެމް.އެސް 2 ގެ ލެވެލްއެއްގައި މަސައްކަތްކޮށްފައިވުން

މަޤާމުގެ ޝަރުޠުތައް

  • މި އޮފީހަށް އަންނަ ފޯން ކޯލްތަކަށާއި އޮފީހަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޚިދުމަތްދިނުމާއި ރިސެޕްޝަންގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައްކުރުން
  • އޮފީހަށް ލިބޭ ސިޓީ އަދި އެހެނިހެން ލިޔުންތައް ރޫޓްކޮށް ހަވާލުކުރަންޖެހޭ ފަރާތްތަކަށް ދުވަހުން ދުވަހަށް ހަވާލުކުރުން
  • މި ކޯޕަރޭޝަންގެ އާންމު އީމެއިލްއަށް އަންނަ މެއިލްތައް ބަލައި، މެއިލްތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި ޖެނެރަލް މެއިލްތަކަށް ޖަވާބުދާރީވުން.
  • އޮފީހުގެ ސްޓޭޝަނަރީ ސްޓޮކްގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން
  • މި ކޯޕަރޭޝަންގެ އިދާރީ އެންމެހައި ކަންތައްތައް ބެލަހައްޓުމުގައި އެހީތެރިވުން
  • އެހެނިހެން ޑިޕާޓްމަންޓްތަކަށް އޮފީސް ހިންގުމަށްޓަކައި ބޭނުންނާ އިދާރީ ކަންތައްތައް ފުރިހަމަކުރުން
  • ކޯޕަރޭޝަންގެ ހިއުމަން ރިސޯސަސްއާ ގުޅުންހުރި މަސައްކަތްތައް، ސުޕަވައިޒަރުގެ ބެލުމުގެ ދަށުން ކުރުން
  • މުވައްޒަފުންގެ ރިޕޯޓުތައް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތުތައް ދުވަހުން ދުވަހަށް ހޯދުމާއި، އެ ރިޕޯޓުތައް ތައްޔާރުކުރުން
  • މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމާއި، މުވައްޒަފުންނަށް ހާޒިރީއާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމާއި، މަހުންމަހަށް ބޭނުންވާ ރިޕޯޓުތައް ތައްޔާރުކުރުން.
  • މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ ޕްރޮގްރާމުތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން
  • ކޯޕަރޭޝަނުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުން ގެނައުމާއި، ފޮނުވާލުމާއި، ބިދޭސީންނާ ގުޅުންހުރި އެހެނިހެން ކަންތައްތައް ކުރުން
  • ހިއުމަން ރިސޯސަސްގެ މަސައްކަތުގައި އެހެނިހެން ޑިޕާޓްމަންޓްތަކާ ގުޅިގެން މަސައްކަތްކުރުން
  • ކޯޕަރޭޝަނުން ހިންގާ އެހެނިހެން ހަރަކާތްތަކުގައި ބައިވެރިވުން

މަޤާމުގެ މަސްއޫލިއްޔަތު

މި މަޤާމަށް ހޮވޭ ފަރާތްތަކަށް، އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. އަދި މަސައްކަތާ ގުޅޭގޮތުން ހަމަޖެހިފައިވާ އުސޫލުން އިތުރު ޢިނާޔަތްތައް ލިބޭނެއެވެ.

އިތުރު ޢިނާޔަތްތައް

މި މަޤާމަށް ކުރިމަތިލާ، މަޤާމުގެ ޝަރުޠު ހަމަވާ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއުއާއި އިމްތިޙާންކުރުން، އިޢުލާނަށް މުއްދަތު ހަމަވާތާ ދެ ހަފުތާގެ ތެރޭގައި މާލޭގައި އޮންނާނެއެވެ.

އިންޓަވިއުކުރުމާއި، އިމްތިޙާން ކުރުން

  • ވަޒީފާގެ ދާއިރާގެ މަސައްކަތްތަކުގެ ހުނަރާއި މަޢުލޫމާތު ލިބިފައިވާ މިންވަރު.
  • މުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު
  • ފަންނީ ޤާބިލުކަން ހުރި މިންވަރު
  • އެޗް.އާރްގެ މަސައްކަތްތައް ހިންގުމާއި ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް

  1. ވަޒީފާއަށް އެދޭ ފޯމު މި އިޢުލާނުގެ ތިރީގައި ބަޔާންކޮށްފައިވާ ލިންކުން ޑައުންލޯޑްކުރެވޭނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (ސެޓްފިކެޓެއްނަމަ އެކްރެޑިޓްކޮށްފައިވުން).
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއެއް.
  5. ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު

ހުށަހަޅަންޖެހޭ ލިޔުންތައް

2016 ޖޫން 9 ވާ ބުރާސްފަތި ދުވަހު 15:00 ގެ ކުރިން ބަންދުކޮށްފައިވާ ސިޓީއުރައެއްގައި މެނޭޖިންގް ޑިރެކްޓަރަށް އެޑްރެސްކޮށް ގަލޮޅު ދަޑުގެ އެކޮމޮޑޭޝަން ބްލޮކަށް ހުށަހެޅުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލްކުރުން އެދެމެވެ.

ސުންގަޑި

މަޢުލޫމާތު ހޯދުމަށް (ހެނދުނު 8:00 އިން ހަވީރު 4:00 އަށް) ގުޅާނީ، 7826050 ނަންބަރު ފޯނަށް

އިތުރު މަޢުލޫމާތު

24 ޝަޢުބާން 1437

 

 

31 މޭ 2016
ހޯދާ