ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ޕްރޮޖެކްޓް އޮފިސަރ

މަޤާމުގެ ރޭންކް:

އެމް. އެސް. 1 (މެނީޖީރިއަލް ސަރވިސް 1)

މަޤާމުގެ ނަންބަރު:

J-282011

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް /އިދާރާ / ސެކްޝަން:

މުނިސިޕަލް ސަރވިސް ޔުނިޓް/ ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ

މުސާރަ:

މަހަކު -/5،610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2،000 ރުފިޔާ

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަސްތަކުގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާ، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ހަމަޖެހޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

ތަޢުލީމާއި ތަޖުރިބާ:

1- ޕްރޮޖެކްޓް މެނޭޖްމަންޓް/އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- ޕްރޮޖެކްޓް މެނޭޖްމަންޓް/އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށް، ސަނަދު ހާސިލުކުރި ކޯހުން ޕްރޮޖެކްޓް މެނޭޖްމަންޓް/އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/އިންފޮމޭޝަން ޓެކްނޮލޮޖީ މޮޑިއުލެއް ކިޔަވާފައިވުމާއެކު، ގުޅުންހުރި ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1. މުނިސިޕަލް ސަރވިސް ޔުނިޓަށް ހުށަހެޅޭ މައްސަލަތައް އެންޓްރީން ނަގައި، ޔުނިޓުގެ ވެރިޔާގެ އިރުޝާދާ އެއްގޮތަށް، ސިޓީއާއި، މެސެޖު ފަދަ ތަކެއްޗަށް ޖަވާބުދިނުން.

2. ނަރުދަމާއާއި، ބޯފެނާއި، މަގުހެދުމާއި، ކަރަންޓާ ގުޅޭ މަޝްރޫޢުތަކާބެހޭ ޕްރޮޖެކްޓްތައް ރާވައި ހިންގުމާއި، އެކަންކަމާ ގުޅޭގޮތުން ލިޔަންޖެހޭ ލިޔުންތައް ލިޔުމާއި، އެ ޚިދުމަތްތައް ހޯދަން ހުށަހަޅާ ފަރާތްތަކަށް ޖަވާބުދިނުން.

3. މަގާއި ބަނދަރު ބައްތިތަކާއި ފިނިމައިޒާން ފަދަ އާންމު ތަންތަން މަރާމާތުކޮށް ބަލަހައްޓަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، އެފަދަ ތަންތަނާ ގުޅޭގޮތުން ލިޔަންޖެހޭ ލިޔުންތައް ލިޔުމާއި، ޖަވާބު ދިނުން.

4. ގަވާއިދާ ޚިލާފަށް މަގުތަކާއި ގޯޅިތަކުގައި ތަކެތި ބެހައްޓާ ފަރާތްތަކަށާއި، ހުސްބިންތަކުގައި ރުއްގަސް އިންދާ ފަރާތްތަކަށް އެތަކެތި ނެގުމަށް އަންގަންޖެހޭ އެންގުންތައް ލިޔުމާއި އެންގުން.

5. ދިއްދުއަށް ވަޑައިގަންނަވާ ބޭފުޅުންގެ އިންތިޒާމްތައް ހަމަޖެއްސުން.

6. ސަރުކާރުން ދެއްވާ އެކިއެކި އިނާމްތަކަށް ނަންފޮނުވުމާއި މަސައްކަތްތެރިކަން ދަސްކޮށްދިނުމަށް ހިންގޭ ޕްރޮގްރާމްތައް ވިލަރެސްކޮށް ބެލެހެއްޓުން.

7. ކައުންސިލްގެ ބެލުމުގެދަށުގައި ހުރި ރައްޔިތުންގެ އެންމެހައި މުދާ ބެލެހެއްޓުމާއި، އެތަކެތި ދޫކުރަންޖެހޭ އުޞޫލުތަކާ އެއްގޮތަށް ދޫކުރުމާއި، އެތަކެއްޗާ ހަވާލުވެ، އެތަކެތި ބެލެހެއްޓުން.

8. މުނިސިޕަލް ސަރވިސްތަކާ ގުޅޭގޮތުން ޓާސްކްފޯސް އެކުލަވައިލުމާއި، ރަށުގެ ސާފުތާހިރުކަމާ ގުޅޭގޮތުން ކުރާ މަސައްކަތްތައް ވިލަރެސްކޮށް ބެލެހެއްޓުން.

9. ރަށުގައި އުޅޭ ރަށުން ބޭރު މީހުންނާއި ބިދޭސީންގެ ދަފްތަރު ލިޔެ ބެލެހެއްޓުމާއި، އެފަރާތްތަކާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

10. އާންމު ފަރާތްތަކުން ހުށަހަޅާ ޝަކުވާތަކުގެ މައްސަލަތައް ނޯޓުކޮށް، އެ މައްސަލަތައް ޙައްލުކުރަން  މަސައްކަތްކުރުން.

11. މަގުމަތީގައި ޓެންޓްޖެހުމާއި، ކުޅިވަރުތައް ބޭއްވުމަށް ހުއްދަ ދޫކުރުރުމާއި، ސްޓޭޖްތަކުގައި ބާއްވާ ހަރަކާތްތައް ބޭއްވުމަށް ސްޓޭޖް ދޫކުރުމާ ގުޅޭ މައްސަލަތައް ބެލެހެއްޓުން.

12. ރަށުގައި އާންމުންނަށް އުނދަގޫވާގޮތަށް ކުރެވޭ އެކިއެކި މަސައްކަތްތައް ހުއްޓުވައި، އެކަންކަން ރަނގަޅުކުރުމާއި، ރަށް ފެހިކުރުމަށް ހިންގޭ އެކިއެކި މަސައްކަތްތައް ވިލަރެސްކޮށް ބެލެހެއްޓުން.

13. ރަށުގެ އާންމު ފަރާތްތަކުން އާންމުކުރެވޭ އިޝްތިހާރު/ އިޢުލާން ފަދަ ތަކެތި ހުއްދަދިނުމަށް ލިޔާ ލިޔުންތައް ލިޔެ ބެލެހެއްޓުން.

14. ކުޅިވަރު މުބާރާތްތަކާއި ސިޔާސީ އެއްވުންތައް ބޭއްވުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންކަން ކުރުން.

15. ނެރާއި މަސްވެރިކަމާ ގުޅޭގޮތުން ހަރުކުރެވިފައިވާ ބައްތިތަކާ ގުޅޭގޮތުން އަންނަ މައްސަލަތައް ލިޔެ ބެލެހެއްޓުން.

16. ދުންފަތާ ގުޅޭގޮތުން ސަރުކާރުން ހައްދަވާފައިވާ ޤާނޫނާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ބެލެހެއްޓުން.

17. ކައުންސިލް އިދާރާގެ ފަރާތުން ފާހަގަކުރާ މުނާސަބަތުތަކުގައި ދަޢުވަތުދިނުމުގެ ކަންތައްތައް ކުރުން.

18. ކައުންސިލް އިދާރާއާއި ކައުންސިލުން ބަލަހައްޓަންޖެހޭ ތަންތަނުގެ އިންވެންޓްރީ ބެލެހެއްޓުން.

19. ހަވާލުވެފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ސިޓީ މެސެޖް ލިޔުމާއި މެއިލްކުރުން.

20. ރަސްމީ މަސައްކަތްތަކާ ގުޅިގެން އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތުގެ ދާއިރާއިން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1- މަސައްކަތުގެ ތަޖުރިބާ ލިބިފައިވަނީ ގުޅުންހުރި ދާއިރާއަކުންކަމުގައިވުން.

2- ކޮމްޕިއުޓަރު ބޭނުންކޮށްގެން މަސައްކަތްކުރަން ދަންނަ މީހެއްކަމުގައިވުން.

3- ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހެއްކަމުގައިވުން.

4- ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި މީހެއްކަމުގައިވުން.

5- އިނގިރޭސިބަހުގެ ފެންވަރު ރަނގަޅު މީހެއްކަމުގައިވުން.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

އިޢުލާނުގެ މުއްދަތު ހަމަވާތާ، މަސައްކަތު 10 ދުވަހުގެ ތެރޭގައި، މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާނީ، 2016 ޖޫން 15 ވަނަ ދުވަހުގެ 13:30 ގެ ކުރިން، ހއ. ދިއްދޫ ކައުންސިލްގެ އިދާރާއަށެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ހއ. ދިއްދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެެވެ.)

2. އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ލިބިފައިވާ ކުރުމުއްދަތުގެ ތަމްރީންތަކާ ގުޅޭ ސެޓްފިކްޓްތަކުގެ ކޮޕީ.

3- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިއުމެއް.

4- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

5- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު)

6- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6500019 ނަންބަރު ފޯނާއެވެ.

25 ޝަޢުބާން 1437

01 ޖޫން 2016
ހޯދާ