މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ކޯޕަރޭޓް ސަރވިސަސް މެނޭޖަރ

ކޯޕަރޭޓް ސަރވިސަސް މެނޭޖަރ

އިޢުލާން

ވަޒީފާގެ ފުރުސަތު

ކޯޕަރޭޓް ސަރވިސަސް މެނޭޖަރ

ކޯޕަރޭޓް ސަރވިސަސް މެނޭޖަރުގެ މައިގަނޑު މަސްއޫލިއްޔަތުތަކަކީ، ކުންފުނީގެ އެޗް.އާރް، އެޑްމިން އަދި އައި.ޓީ ޑިޕާޓްމަންޓްތަކުގެ މަސައްކަތްތައް ބެލެހެއްޓުމެވެ. މި ޑިޕާޓްމަންޓުތަކުގެ އިދާރީ މަސައްކަތްތަށް ފުރިހަމައަށް ހިންގުމުގެ އިތުރުން ދުވަހުން ދުވަހަށް ބަލަހައްޓަންޖެހޭ އެޗް.އާރްގެ ހަރަކާތްތައް، ދިވެހިރާއްޖޭގެ ވަޒީފާގެ ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިން ކުރުން ހިމެނެއެވެ. އަދި ކުންފުނީގެ މަޤުޞަދުތައް ހާސިލުކުރުމުގެ ގޮތުން ކުންފުނީގެ ވަސީލަތްތަކުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތުގެ މަތިން ހިފުން ހިމެނެއެވެ. ދުވަހުން ދުވަހަށް އޮފީސް ހިންގުމަށްޓަކައި ބޭނުންވާ ކަންތައްތައް ފުރިހަމަކުރުމާއި އައި.ޓީގެ ޚިދުމަތްތައް، އަދި ފްރަންޓް-ޑެސްކް ކޯރޑިނޭޓްކުރުންވެސް ހިމެނެއެވެ.

މަޤާމު

މެނޭޖަރ

ކްލެސިފިކޭޝަން

މަހަކު -/15،200 އާއި -/17،900 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

މުސާރަ

- ލިވިންގ އެލަވަންސް: މަހަކު -/4000 ރުފިޔާ

- އެޓެންޑަންސް އެލަވަންސް: މަހަކު -/3000 ރުފިޔާ

- އެގްޒެކެޓިވް ރެސްޕޮންސިބިލިޓީ އެލަވަންސް: -/5000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް

1 (އެކެއް)

ބޭނުންވާ އަދަދު

ކޯޕަރޭޓް މެނޭޖްމެންޓް ޑިޕާރޓްމެންޓް

ބޭނުންވާ ސެކްޝަން

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން، މާލެ

މަސައްކަތްކުރަންޖެހޭ ތަނާއި ރަށް

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ބެޗަލަރސް ޑިގްރީ ނުވަތަ އެފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުން އަދި މެނޭޖްމެންޓް އާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން އެޑްވާންސްޑް ޑިޕްލޮމާއެއް ނުވަތަ އެފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުން، އަދި މެނޭޖްމަންޓުގެ ދާއިރާއިން މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ސަރުކާރުގެ ވަޒީފާއެއްގެ އެމް.އެސް 3 ގެ ލެވެލެއްގައި މަދުވެގެން 3 އަހަރުދުވަހު މަސައްކަތްކޮށްފައިވުން

މަޤާމުގެ ޝަރުތުތައް

  • ކުންފުނީގެ ޕާރސޮނެލް ޕޮލިސީ އެންޑް ޕްރޮސީޖަރސް ތައްޔާރުކޮށް ނަގަހައްޓައި، މުވައްޒަފުންގެ އަތްމަތީ ފޮތް ތައްޔާރުކުރުން
  • މުވައްޒަފުންގެ އެޕްރެއިސަލް ކުރިއަށް ގެންދާނެ އުސޫލު ކަނޑައަޅައި، މުވައްޒަފުންގެ އިންޑަކްޝަން އަދި ޓްރެއިނިންގ ކުރިއަށްގެންދިއުމާއި، ކުންފުނީގެ މުވައްޒަފުންނާ ގުޅުންހުރި ސިޔާސަތުތަކަށް އަންނަ ބަދަލުތައް އެކަށީގެންވާ ގޮތެއްގެ މަތިން މުވައްޒަފުންނާއި ހިއްސާކުރުން
  • ދިވެހިރާއްޖޭގެ ވަޒީފާގެ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން މުވައްޒަފުންނާއި ގުޅުންހުރި މަސައްކަތްތައް ކުރިޔަށްގެންދިއުން
  • އެޗް.އާރް ރެކޯޑްސް ބެލެހެއްޓުމާއި، އައު މުވައްޒަފުންގެ އެޗް.އާރް އަދި އިދާރީ ކަންތައްތައް ހަމަޖެއްސުން
  • ކުންފުނީގެ ކުއަރޓާރލީ އަދި އަހަރީ ހިއުމަން ރިސޯސް ރިޕޯޓު ތައްޔާރުކުރުން
  • އައު މުވައްޒަފުން ނެގުމުގައި އެހީތެރިވުމާއި، އައު މުވައްޒަފުންނަށް އޮރިއެންޓޭޝަން ހިންގުން
  • ކުންފުނީގެ ހިއުމަން އެސެޓްސް ޑެވެލޮޕްކުރުމުގައި ސްޓްރެޓީޖިކް ރޯލްއެއް އަދާކުރުން
  • މުވައްޒަފުން ނެގުމާއި މުސާރައިގެ އޮނިގަނޑު ބެލެހެއްޓުން އަދި މުސާރައިގެ އޮނިގަނޑަށް ގެންނަން ފެންނަ ބަދަލުތައް މެނޭޖްމަންޓާއި ހިއްސާކުރުން
  • މުވައްޒަފުންގެ ބެނިފިޓްސް ޕްރޮގްރާމްއެއް ތައްޔާރުކޮށް މެނޭޖްމަންޓާއި ހިއްސާކުރުން
  • އިދާރީގޮތުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ލިބިދޭނެ މަގުފަހިކޮށްދިނުން
  • ފްރަންޓް ޑެސްކް އަދި އައި.ޓީ ޑިޕާޓްމަންޓްގެ މަސައްކަތްތައް ސުޕަވައިޒްކުރުން

މަޤާމުގެ މަސްއޫލިއްޔަތު

މި މަޤާމަށް ހޮވޭ ފަރާތްތަކަށް، އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. އަދި މަސައްކަތާއި ގުޅޭގޮތުން ހަމަޖެހިފައިވާ އުސޫލުން އިތުރު އިނާޔަތްތައް ލިބޭނެއެވެ.

އިތުރު ޢިނާޔަތްތައް

މި މަޤާމަށް ކުރިމަތިލާ، މަޤާމުގެ ޝަރުޠު ހަމަވާ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއުއާއި އިމްތިޙާންކުރުން، އިޢުލާނަށް މުއްދަތު ހަމަވާތާ ދެ ހަފުތާގެ ތެރޭގައި މާލޭގައި އޮންނާނެއެވެ.

އިންޓަވިއުކުރުމާއި، އިމްތިޙާން ކުރުން

  • ވަޒީފާގެ ދާއިރާގެ މަސައްކަތްތަކުގެ ހުނަރާއި މަޢުލޫމާތު ލިބިފައިވާ މިންވަރު.
  • މުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު
  • ގަޑިޔަށް ފަރުވާތެރިކޮށް ހިތުން
  • އޯގަނައިޒޭޝަނަލް ސްކިލްސް
  • ފަންނީ ޤާބިލުކަން ހުރި މިންވަރު

މީހުން ހޮވުމުގައި ބާލާނެ ކަންތައްތައް

  1. ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި އިޢުލާނުގެ ތިރީގައި ބަޔާންކޮށްފައި އެވާ ލިންކުން ޑައުންލޯޑްކުރެވޭނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (ސެޓުފިކެޓެއްނަމަ އެކްރެޑިޓްކޮށްފައިވުން).
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް.
  5. ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު

ހުށަހަޅަންޖެހޭ ލިޔުންތައް

2016 ޖޫން 9 ވާ ބުރާސްފަތި ދުވަހު 15:00 ގެ ކުރިން ބަންދުކޮށްފައިވާ ސިޓީއުރައެއްގައި މެނޭޖިންގް ޑިރެކްޓަރަށް އެޑްރެސްކޮށް ގަލޮޅު ދަޑުގެ އެކޮމޮޑޭޝަން ބްލޮކަށް ހުށަހެޅުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލްކުރުން އެދެމެވެ.

ސުންގަޑި

މަޢުލޫމާތު ހޯދުމަށް (ހެނދުނު 8:00 އިން ހަވީރު 4:00 އަށް) ގުޅާނީ، 7826050 ނަންބަރު ފޯނަށެވެ.

އިތުރު މަޢުލޫމާތު

24 ޝަޢުބާން 1437

 

 

31 މޭ 2016
ހޯދާ